އައްޑޫ ސިޓީގެ މިސްކިތަކަށް ބޮޑުކަމުގޮސްގެން މީހަކު ހައްޔަރު ކޮށްފި އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. އައްޑޫ ސީޓީގެ މޭޔަރު އަލީ ނިޒާރުު ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކަށް ވިދާޅުވީ ބޮޑުކަމުގޮސްފައިވަނީ އެ ސިޓީގެ ފޭދޫގެ މިސްކިތަކަަށް ކަމުގައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ފޭދޫގެ އިތުރު މިސްކިތެއްގެ ތަކެއްޗަށް ވެސް ގެއްލުންދީ ޚަތިމްތައް ބިންމައްޗައް އުކާލާފައިވެއެވެ.
އެ ސިޓީގެ މޭޔަރު ވިދާޅުވީ މިކަން ކުރި ކަމަށް ބޮޑަށް ބެލެވެނީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވެފައި ވެެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި 47 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމުގައެވެ.
މާލޭގެ މިސްކިތަކަށް މީހަކު ތަކުރާރުކޮށް ކުޑަކަމު ގޮސް މިސްކިތައް ވަދެ ޚަތިމަށް ކުޅުޖެހުމުގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި އޭނާ މިސްކިތުގެ ހުރުމަތް ތަކުރާރުކޮށް ކަނޑާފައިވާތީވެ، މިހާރު ވަނީ ދޮޅުމަހަށް ޖަލަށްވެސް ލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް