އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތް ކޯލީ އާއި ބަތަލާ އަނުޝްކާ ޝަރުމާގެ ދަރިފުޅު ނޫސްވެރިންނަށް ފެނިއްޖެ އެވެ.
މިހާރު އުމުރުން 11 މަހުގެ ވަކިމާ ޝަރްމާ ކޯލީ އާންމުންނަށް ނުދައްކާ ގެންގުޅުމަކީ އެ ދެމީހުން ބޭނުންވާ ގޮތެވެ. މިހާތަނަށް އާންމު ތަންތަނުގައި ކުއްޖާ ގެންގުޅުނީ މޫނު ނިވާކޮށްގެން ނެވެ.
ނޫސްވެރިންނާއި ޕަޕަރާޒީންނަށް ވަމިކާ ފެނުނީ މިއަދު ހެނދުނު އިންޑިއާގެ ގައުމީ ކްރިކެޓް ޓީމު ސައުތް އެފްރިކާއަށް ކުރާ ދަތުރެއްގައި ފުރަން އެއާޕޯޓަށް ދިޔަވަގުތު އެވެ. މިދަތުރުގައި ވިރާޓާއި އެކު އަނުޝްކާ އާއި ވަމިކާ ބައިވެރިވެ އެވެ.
އެ ވަގުތަކީ ވަރަށް ހެނދުނު ކަމުން ވިރާޓު އުންމީދު ކޮށްގެން ހުރީ ނޫސްވެރިންނާއި ޕަޕަރާޒީން އެތަނުގައި ތިބޭނެ ކަމަށް ނޫނެވެ. ކްރިކެޓް ޓީމު ތިބި ބަހުން ކުއްލިއަކަށް ދެމަފިރިންނާއި ދަރިފުޅު ފޭބިއިރު ކުއްޖާގެ މޫނު ހުރީ ނިވާނުކޮށެވެ. ފޮޓޯ ނަގައި ވީޑިއޯ ކުރަން ފެށުމުން ކުއްޖާއަށް ލިބުނު ހައިރާން ކަމާއި އެކު ހުރިހާ ކެމެރާތަކަކަށް ކަޅި ޖަހާނުލާ ވަމިކާ ބަލަން އިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެއާއެކު ވިރާޓް ވަނީ ނޫސްވެރިންނާއި ޕަޕަރާޒީންގެ ކިބައިން އާދޭހާއިރު އެކު ވަމިކާގެ ފޮޓޯ ނޫސްތަކާއި ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް އެދިފަ އެވެ. އިންޑިއާ ނޫސްތަކުން ވިރާޓްގެ އެދުމާއި އެއްގޮތަށް މިހާތަނަށް އެއްވެސް ފޮޮޓޯއެއް ނުވަތަ ކުއްޖާގެ ވީޑިއޯއެއްވެސް އާންމުކޮށްފަ އެއް ނުވެ އެވެ.
ވަމިކާ ސިފަކޮށްދެމުން ނޫސްތަކުގައި ބުނެފައިވަނީ ވިރާޓާއި އަނުޝްކާގެ ސިފަ ކުއްޖާއަށް ލިބިފަ ހުރި ކަމަށެވެ. އަދި ބޮޑަށް އަނުޝްކާ ކުޑައިރާއި ވައްތަރު އިރު ވަމިކާގެ ލޮލަކީ ހަމަ ވިރާޓްގެ ލޯ ކަމަށް ބުނެފައިވެ އެވެ.
ވިރާޓާއި އަނުޝްކާ ނިންމައިގެން ތިބީ ވަމިކާ އަމިއްލައަށް ބޭނުންވެގެން ބުނާ ދުވަހަކުން އާންމުންނަށް އޭނާ ދައްކާލާށެވެ. އަދި ސޯޝަލް މީޑިއާއަށް ދަރިފުޅުގެ މޫނު ފެންނަ ފޮޓޯލާން ފަށާނީވެސް ވަމިކާ އަމިއްލައަށް އެކަމަށް އެދޭ ދުވަހަކުން ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް