ކޮވިޑް-19 ގައި ފްރަންޓުލައިން ގައި މަސައްކަތްކުރާ މީހުންނަށް ދޭން ނިންމި ފްރަންޓްލައިން އެލަވަންސް ގެ މައްސަލައިގާ އިޖުތިޖާޖުކުރަން ފަށައިފި އެވެ.
އެ ފަރާތްތަކުން އިހުތިޖާޖު ކުރަމުން އަންނަނީ ހެލްތު މިނިސްޓްރީ ކުރިމަތީގަ އެވެ. އަދި އެމީހުން ބުނީ އިހުތިޖާޖަށް ދާންޖެހުނީ އެކަމާއި ގުޅުންހުރި ފަރާތްތައް ޒިންމާދާރުކުރުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އެއްގޮތަކަށް ވެސް އެލަވަންސް ނުލިބޭ. އަނެއް ބަޔަކަށް އެކި މަސްމަހު އެކިވަރަށް ލިބުނީ. އެކަމަކު ބޮޑުކޮށް ލައްކައިން ވެސް ކޮންމެމަހަކު އެލަވަންސް ނަގާ މީހުން އެބައުޅޭ." އިޖުތިޖާޖުގެ ބައިވެރިއަކު ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޗްއީއޯސީ އާއި ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު ރަސްމީކޮށް ސިޓީ އަދި އީމެއިލްގެ ޒަރިއްޔާއިން މުއާމަލާތްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިހައިތަނަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
ފްރަންޓްލައިނުގައި މަސައްކަތް ކުރާ ބައެއް ސްޓާފުންނަށް އެލަވަންސް ދިނުމަށް ސަރުކާރުން ނިންމާފައި އޮތީ ތިން ގިންތިއަކަށް ބަހާލައިގެން ނެވެ.
އެއީ ކޮވިޑް ބަލި މީހުންނާ ދިމާވާ، ރިސްކު ބޮޑު މުވައްޒަފުންނަށް ދުވާލަކަށް 500 ރުފިޔާ، ހައި ރިސްކު މީހުންނާ ދިމާވާ ދެވަނަ ގިންތީގެ މުވައްޒަފުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެޗްއީއޯސީގައި އެހެނިހެން މަސައްކަތް ކުރާ އެންމެ ލޯ ރިސްކް މުވައްޒަފުންނަށް ދުވާލަކަށް 200 ރުފިޔާ އެވެ.
މިދިޔަ 2020 ވަނަ އަހަރުގެ މާރޗު ހަތްވަނަ ދުވަހުން ފެށިގެން މި އެލަވަންސް ދޭން ފަށާފައިވީނަމަވެސް އެދުވަހުން ފެށިގެން މިހައިތަނަށް ވެސް ފްރަންޓްލައިން އެލަވަންސް ނުލިބޭ ބައެއް މީހުނާއި, ގަވާއިދުން އެ އެލަވަންސް ނުލިބޭ ވަރަށް ގިނަ މީހުން އަންނަނީ އެކމަުގެ ޝަކުވާ ކުރަމުން ނެވެ. އަދި އެކި މަންސަތަކުގައި ނުސްވެރިން ވެސް ވަނީ މިކަން ފާހަގަކޮށްފަ އެވެ.
އެޗްއީއޯސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނޫސްވެރިޔަކު ވަނީ އެކަން ތަކުރާރުކޮށްފަ އެވެ. ޖަވާބުގައި ޑރ. އަފްޒަލް ވިދާޅުވީ އެއީ ފިނޭންސް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާއި އެކަމުގައި އެޗްއީއޯސީން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
ފްރަންޓްލައިން އެލަވަންސް ދޭންފެށީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަހުން ފެށިގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް