މާލޭގެ މިސްކިތްތައް ހިލޭ ސާބަހަށް ފޮޅާ ސާފު ކުރާނެ މީހުން ހޯދަން އިއުލާނު ކޮށްފި

މާލެ ސިޓީގެ މިސްކިތްތައް ހިލޭ ސާބަހަށް ފޮޅާ ސާފު ކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި، އެކަން ކުރަން ޖެހޭ އުސޫލު މާލޭ ސިޓީ ކައުންސިލުން މިއަދު އާންމު ކޮށްފިއެވެ. މ...

16 Dec 2021 | 07:56

މާލެ ސިޓީގެ މިސްކިތްތައް ހިލޭ ސާބަހަށް ފޮޅާ ސާފު ކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި، އެކަން ކުރަން ޖެހޭ އުސޫލު މާލޭ ސިޓީ ކައުންސިލުން މިއަދު އާންމު ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މިސްކިތްތައް ހިލޭ ސާބަހަށް ފޮޅާ ސާފު ކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ  ފަރާތްތަކަށް އަދި ތަކެތި ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާާލާފައިވާާ ކަމަށެވެ. އަދި ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ މީހުންނަށް ފިނޭންސް މިނިސްޓްރީގެ "ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް ފައިސާ ހަދިޔާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމުގައެވެ.

މިސްކިތްތަކަށް އެހީވާން ބޭނުންވާ ފަރާތްތަކުން ޖެހޭނީ އެކަން ކުރަން އެދި އެ ސިޓީ ކައުންސިލަށް ފޯމެއް ހުށަހަޅަން ކަމުގައި ބުނެފައި ވެއެވެ.

އެގޮތުން އެ އިއުލާނާއި އެކު އާންމުކޮށްފައިވާ އުސޫލުގައި ބުނެފައި ވަނީ  މިސްކިތްތަކުގެ ވަކިވަކި ކަންކަން ހިލޭ ސާބަހަށް ކުރަން ހުށަހެޅިދާނެ ކަމަށެވެ.

މިގޮތުން، ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތްތަކާއި މަދުވެގެން ހަފުތާ އަކު އެއް ފަހަރު ކުރަންޖެހޭ މަސައްކަތްތަކާއި މަހަކު އެއްފަހަރު ކުރަން ޖެހޭ މަސައްކަތްތަކާއި ކޮންމެ ހަ މަހަކުން ކުރަން ޖެހޭ މަސައްކަތްތަކާއި ކުރަންޖެހޭ ކުދިކުދި މަސައްކަތްތަކުގެ ތަފުސީލުތައް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، މިސްކިތް ފޮޅައި ސާފުކުރާނެ ވަގުތުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އަދި އުސޫލުގައިވާ ގޮތުން، އެ މަސައްކަތްކުރާ މީހުން ތިބެން ޖެހޭނީ ކާކުކަން އެނގޭ ގޮތަށް ކަނޑައެޅިފައިވާ ޔުނީފޯމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް