އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
މައްސަލަ އެ ކޮމިޓީއަށް ފޮނުވީ ދައުރުން ބޭރުގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ފަހު އެވެ. މި މައްސަމަ މަޖިލީހަށް ހުށަހަޅައިދެއްވަމުން އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ވަޒަންކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމެންސް އޮޑިޓުނުންނާއި ކޮމިޓީގެ ހޯދުންތަކުން އޭސީސީގެ ގިނަ މައްސަަލަތަކެއް ފެނިފައިވާ ކަމަށެވެ.
އެ ޕާފާމަންސް އޮޑިޓްގައި ވަނީ10 ނުކުތާއެއް ފާހަގަ ކޮށްފަ އެވެ.
މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރުމުން އޭސީސީގެ މެމްބަރުންގެ ތެރެއިން އިބްރާހިމް ޝަކީލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެކަން މަޖިލީހަށް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.
މިއަދުގެ ޖަލްސާގައި އޮތީ ހަމައެކަނި އެ މައްސަލަ މަޖިލީހަށް ހުށަހަޅައި ކޮމިޓީއަށް ފޮނުވުމެވެ. އިތުރު ކަމެއް އެޖެންޑާކޮށްފައެއް ނުވެ އެވެ.
މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދެން ޖަލްސާއެއް އޮންނާނެ ތާރީހު ފަހުން އިއުލާނު ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް