މަރުހޫމް ހުސައިން ވަހީދުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފި

ކޮމަންޑޫ ދައިރާގެ މެމްބަރު މަރުހޫމް ހުސައިން ވަހީދުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ސުކޫތެއް ގެނެސްފި އެވެ. ހުސައިން ވަހީދު އަވަހާރަވެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އ...

16 Dec 2021 | 07:01

ކޮމަންޑޫ ދައިރާގެ މެމްބަރު މަރުހޫމް ހުސައިން ވަހީދުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ސުކޫތެއް ގެނެސްފި އެވެ.

ހުސައިން ވަހީދު އަވަހާރަވެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލްގައި އެވެ. ހުސައިން އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދަވާތާ ދެ އަހަރު ފަހުންނެވެ.

މަރުހޫމް ހުސައިން ވަހީދުގެ ހަނދާނުގައި މިއަދު މަޖިލީހުގައި ގެނެސްފައިވަނީ އެއް މިނެޓުގެ ސުކޫތެކެވެ. މިއަދު މަޖިލީހުގައި ކުރިޔަށް ދަނީ އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ދައުރުން ބޭރުގައި ބާއްވާ މަޖިލީހުގެ ޖަލްސާ އެކެވެ.

އިއްޔެ ވަނީ ހުސައިން ވަހީދުގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާފަ އެވެ. މި ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުން ލިޔުއްވާފައިވެ އެވެ.

ހުސައިން ވަހީދަކީ މި ހިނގާ 19 ވަނަ މަޖިލިހާއި 17 ވަނަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ހުސެއިން ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް