ވުމެން އޮފް ދި އިއާގެ އެވޯޑު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިއްޖެ އެވެ.
އެކަމަނާއަށް މި އެ ވޯޑު ލިބިފައިވަނީ ވިމެން އިން މެނޭޖްމަންޓްގެ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021" އެވެ. ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް އަކީ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެކެވެ.
މި އެވޯޑު މައިމޫނާ އާއި ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެެވެ. މައިމޫނާއަށް މި އެވޯޑު ލިބިވަޑައިގެންފައިވަނީ މިދިޔަ އަހަރާއި މިއަހަރު އެކަމަނާގެ ވަޒީފާގެ ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަން ކޮށެވެ.
މި ރަސްމިއްޔާތުގައި "ވުމެން ވިތް އަ ކޯޒް" އެވޯޑު ލިބިފައިވަނީ ކޯވިޑާއި ގުޅިގެން އުފައްދާފައިވާ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގަށެށެ. ރޭގެ އެވޯޑު ހަފްލާގައި ދިން އިތުރު އެވޯޑުތަކަށް ބަލާއިރު ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް ލިބިފައިވަނީ އޮންލައިން ނޫސް "މިހާރު"ގެނިއުސް އެޑިޓަރު ފަޒީނާ އަހުމަދަށެވެ.
ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ދަށުން ހިންގަމުން އަންނަ، ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް އިން ކޮންމެ އަހަރަކު ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް" އަކީ ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެވެ.
މިއީ މި އެވޯޑު ރާއްޖޭގައި ދޭ ތިން ވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް