އިންޑިއާގެ މުއްސަނދި އަމްބާނީ އާއިލާއިން އިތުރު ކައިވެންޏަކަށް ތައްޔާރުވަނީ!

އިންޑިއާގެ މަޝްހޫރު މުއްސަނދި އަމްބާނީ އާއިލާއިން އިތުރު ކައިވެންޏަކަށް ތައްޔާރުވަމުންދާކަން އިއުލާނު ކޮށްފި އެވެ. މިފަހަރު ކައިވެނުު ކުރަން އުޅޭކަން އިއުލާނު ކުރީ އަނިލް އަމްބާނީ އާއި ޓީނާ އަމްބާނީގެ...

16 Dec 2021 | 03:09

އިންޑިއާގެ މަޝްހޫރު މުއްސަނދި އަމްބާނީ އާއިލާއިން އިތުރު ކައިވެންޏަކަށް ތައްޔާރުވަމުންދާކަން އިއުލާނު ކޮށްފި އެވެ.

މިފަހަރު ކައިވެނުު ކުރަން އުޅޭކަން އިއުލާނު ކުރީ އަނިލް އަމްބާނީ އާއި ޓީނާ އަމްބާނީގެ ދޮށީ ފިރިހެން ދަރިފުޅު ޖެއި އަންމޯލް އަމްބާނީ އެވެ. އަނިލް އަމްބާނީ އަކީ އިންޑިއާގެ ރިލަޔަންސް ގްރޫޕްގެ ޗެއާމަން އެވެ.

އުމުރުން 30 އަހަރުގެ އަންމޯލް އެންގޭޖްވިކަން ހާމަ ކުރީ މަންމަ ޓީނާ އެވެ. ޓީނާގެ އިންސްޓަގްރާމްގައި ވަނީ އަންމޯލް އާއި އޭނާގެ ލޯބިވެރިޔާ ކްރިޝްނާ ޝާހްގެ ފޮޓޯތަކެއް ހާމަކޮށްފަ އެވެ.

އެ ފޮޓޯތަކުގައި ދެމީހުން އެންގޭޖްވެފައިވާތަން ދެއްކުމުގެ ގޮތުން އަނގޮޓި ދައްކާލުމާއި އުނދޯއްޔެއްގައި މަޖާ ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ހިމެނެ އެވެ. އެ ފޮޓޯތައް ސްޓޯރީގައި ހިއްސާ ކުރުމަށް ފަހު ޓީނާ ބުނެފައިވަނީ އެމީހުންގެ ގުޅުމަށް މަރުހަބާކިޔައި އެކަމަށް އުފާ ކުރާ ކަމަށެވެ.

އެކަމަކު ދެމީހުން ކައިވެނި ކުރާނެ ތާރީހެއް އަދި ނޭނގެ އެވެ.

އަމްބާނީ އާއިލާގެ ކައިވެނިތަކަކީ އިންޑިއާގައި ބޮޑު ސަމާލުކަމެއް ލިބޭ ކައިވެނިތަކެކެވެ. ކައިވެންޏަށް ކުރާ ހަރަދާއި ބާއްވާ ހަފްލާތަކުގެ ގިނަ ކަމުގެ އިތުރުން ދައުވަތުދޭ މީހުންނަކީ އަބަދުވެސް އަމްބާނީ އާއިލާގެ ކައިވެނިތަކަށް މީހުންގެ ސަމާލުކަން ހުއްޓޭ ކަންކަމެވެ.

އެންމެ ފަހުން އެ އާއިލާގައި ކައިވެނި ކުރީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ އެންމާބަނޑު ދެކުދިންގެ ތެރެއިން އާކާޝް އަމްބާނީ އެވެ. އާކާޝް އާއި އަންހެނުން ޝްލޯކާ މެހެތާގެ ކައިވެންޏަށް ބޮލީވުޑްގެ މަޝްހޫރު ހުރިހާ ތަރިންނާއި އިންޑިއާގެ އެކި ސްޓޭޓްތަކުގެ ގިނަ މަޖިލީސް މެމްބަރުންގެ އިތުރުން އިންޑިއާގެ މިނިސްޓަރުންނާއި ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް