އަޅުގަނޑުގެ މޭޔަރު ކަމުގައި އާންމު ތަންތާނގައި ބަދުއަހުލާގީ އަމަލު ހިންގުން ހުއްޓުވާނަން: އަލްހާން ފަހްމީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާނެ ކަން އިއުލާނުކޮށްފައިވާ އަލްހާން ފަހުމީ އޭނާގެ މޭޔަރު ކަމުގައި މާލޭގެ މާލޭގެ އާންމު ތަންތާނގައި ބަދުއަހްލާގީ އަމަލު ހިނ...

16 Dec 2019 | 18:47

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާނެ ކަން އިއުލާނުކޮށްފައިވާ އަލްހާން ފަހުމީ އޭނާގެ މޭޔަރު ކަމުގައި މާލޭގެ މާލޭގެ އާންމު ތަންތާނގައި ބަދުއަހްލާގީ އަމަލު ހިންގުން ހުއްޓުވާނެ ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ

އެ ޓްވީޓްގައި އަލްހާން ވިދާޅުވެފައިވަނީ "އަޅުގަނޑުގެ ބެލުމުގެ ދަށުގައި މާލޭގެ އެކި އާންމު ތަންތާނގައި ބަދު އަޚްލާގީ އަމަލު ހިންގުން އެކީ ހުއްޓުވާނަން!" ކަމަށެވެ.

ތަފާތު މި ވައުދު އަލްހާން ވެފައިވާއިރު މިއަދު ހަމަ މިފަދަ އެހެން ވައުދެއްވެސް އޭނާ ވެފައިވެއެވެ. އެއީ އޭނާގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތީގައި “ޒުވާނުން ކެނޑިފަ” ތިބޭ މަންޒަރު ނުދައްކާނެކަމުގެ ވައުދެވެ.

އަލްހާން މިހެން ވިދާޅުވީ ނޯތު ހާބަރު ސަރަހައްދުގެ ގޮނޑިއެއްގައި ޒުވާނަކު މަސްތުގެ ހާލަތުގައި “ކެނޑިފަ” އިން މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާއެކު ކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އަލްހާން ވިދާޅުވެފައިވަނީ އޭނާގެ މޭޔަރު ކަމުގައި މާލޭ މަގުމަތިން މިކަހަލަ މަންޒަރެއް ނުދައްކާނަން ކަމަށާއި މަގުމަތީގައި މަސްތުވެގެން އުޅޭ މީހުންގެ އުނދަގުލުން މާލޭގެ މުޖުތަމައު ސަލާމަތް ކޮށްދޭނަން ކަމަށެވެ.

މާލޭގެ އާންމު ތަންތާނގައި ބަދުއަހުލާގީ އަމަލު ހިންގުން ހުއްޓުވާނެ ކަމުގެ ވައުދުވެސް އަލްހާން އިއުލާނުކުރައްވާފައިވަނީ ވީޑިއޯއަކާއިއެކުގައެވެ. ނަމަވެސް މި ލިޔުމުގައި އެ ވީޑިއޯ ހިމަނަން އަޅުގަނޑުމެން އުޒުރުވެރިވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް