ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަމިއްލަފުޅު ގެއަށް ގެންދެވިކަމަށް ބުނާ "އެ ކާޕެޓް" އޮތީ ފޮރިން މިނިސްޓްރީގެ ގުދަނުގައިކަން އިންފޮމޭޝަން ކޮމިޝަނަރު ހުސެން ފިޔާޒް މޫސާ ޔަގީން ކުރައްވައިފިއެވެ.
މިކަން ޔަގީން ކުރައްވައި އިންފޮމޭޝަން ކޮމިޝަނަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެއަށް ގެންދެވި ކަމަށް ތުހުމަތު ކުރި ކާޕެޓް ފޮރިން މިނިސްޓްރީގައި އޮތްތޯ ބެލި އިރު، އެ އޮފީހުގެ ގުދަނުގައި އެބަ އޮތް ކަމަށެވެ.
މި ކާޕެޓަކީ މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރެއްވި ޒިޔާރަތެއްގައި އެ ގައުމުން ހަދިޔާއަކަށް ދިން ކަމަށްބުނާ އަގު ބޮޑު ކާޕެޓެކެވެ.
މި ކާޕެޓްގެ މައްސަލަ ފެންމަތިވެގެންދިޔައީ އެ ކާޕެޓް މިނިސްޓަރުގެ އަމިއްލަފުޅު ގެއަށް ގެންދެވި ކަމަށްބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހެޅި ހިސާބުންނެވެ.
https://twitter.com/hussainfiyaz/status/1206538281711652865
އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ކުރިންވެސް ބުނެފައިވަނީ އެ ކާޕެޓް މިނިސްޓަރު ގެއަށް ނުގެންދަވާ ކަމަށާއި އެ ކާޕެޓް މިނިސްޓްރީގެ ގުދަނުގައި އޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް