ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި މެލޭޝިއާގެ ޔުނިވަރސިޓީ ސުލްތާން ޒައިނަލް އަބީދީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ސޮއި ކުރެއްވި އިރު، ޔުނިވަރސިޓީ ސުލްތާން ޒައިނަލް އަބީދީންގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ. ހަސަން ބަސްރީ ބިން އަވަންގް މަޓް ދަހަން އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ދެމުގައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިންނާއި އިސްލާމިކް ޓުއަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެހީތެރިކަން ދިނުމަށް ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން ދިރާސީ ކަންތައްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ތައުލީމާއި ތަމްރީނާއިބެހޭ ގިނަ ދާއިރާތަކުންވެސް އެއްބާރުލުންދިނުމަށް ވަނީ އެއްބަސްވެފައެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓް ޓީމު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް