މިއީ ބޮޑު ޗެލެންޖެއް، ހަރުކަށި ފިކުރުން ގައުމު ސަލާމަތް ކޮށްދޭނަން: ރައީސް ސޯލިހް

ހަރުކަށި ވިސްނުމުގެ ފިކުރުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ދ...

16 Dec 2019 | 13:45

ހަރުކަށި ވިސްނުމުގެ ފިކުރުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކަށް ދައުވަތު ދީގެން ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދިޔަ "ފިއަވަތި" މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަތައް ސިއްރުކޮށްގެން ހިފަހައްޓައިން ތިބެގެން ގައުމަށް ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލުކޮށްފީމު ރާއްޖޭގައި ހަރުކަށި ފިކުރުގެ ވިސްނުން އެބަ އޮތްކަން " ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނގުރާމަޔާ ޖިހާދުގެ ނަމުގައި ސީރިޔާއަށާ އިރާގަށާ އަފްގާނިސްތާނަށް މީހުން ދާކަން ގަބޫލުކުރަން ޖެހޭ، އެއީ ރާއްޖޭގައި އޮތް ކަމެއް  ކަމަށެވެ. އަދި ސަރުކާރުން ތިބީ އެކަން އެހެން ހިނގާކަން ގަބޫލުކޮށްގެން  ކަމަށެވެ.

"އަޅުގަނޑުމެން މި ނަގަނީ އުނދަގޫ ޗެލެންޖެއް ، އެހެންނަމަވެސް ސަރުކާރުން މިތިބީ، ސަރުކާރުން މިކަމުގެ ސިޔާސަތަކީ މިކަމަށް ކުރިމަތިލާ މިއަށް ހައްލު ހޯދުން" ރައީސް ސޯލިހް ވިދާޅުވިއެވެ.

މި މައުލޫގައި ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ އެހީތެރިކަމާއެކުގައި އެބޭފުޅުންގެ ވިސްނުމާ ފިކުރާ އެކީގައި މިކަމުން ގައުމު ސަލާމަތް ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް