އަޅުގަނޑުގެ މޭޔަރު ކަމުގައި "ޒުވާނުން ކެނޑިފަ" ތިބޭ މަންޒަރު ނުދައްކާނަން: އަލްހާން ފަހުމީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާނެ ކަން އިއުލާނުކޮށްފައިވާ އަލްހާން ފަހުމީ އޭނާގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތީގައި "ޒުވާނުން ކެނޑިފަ" ތިބޭ މަންޒަރު ނުދ...

16 Dec 2019 | 11:53

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާނެ ކަން އިއުލާނުކޮށްފައިވާ އަލްހާން ފަހުމީ އޭނާގެ މޭޔަރު ކަމުގައި މާލޭގެ މަގުމަތީގައި "ޒުވާނުން ކެނޑިފަ" ތިބޭ މަންޒަރު ނުދައްކާނެ ކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ ނޯތު ހާބަރު ސަރަހައްދުގެ ގޮނޑިއެއްގައި ޒުވާނަކު މަސްތުގެ ހާލަތުގައި "ކެނޑިފަ" އިން މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާއެކު ކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އަލްހާން ވިދާޅުވެފައިވަނީ އޭނާގެ މޭޔަރު ކަމުގައި މާލޭ މަގުމަތިން މިކަހަލަ މަންޒަރެއް ނުދައްކާނަން ކަމަށާއި މަގުމަތީގައި މަސްތުވެގެން އުޅޭ މީހުންގެ އުނދަގުލުން މާލޭގެ މުޖުތަމައު ސަލާމަތް ކޮށްދޭނަން ކަމަށެވެ.

އަލްހާން މިހެން ވިދާޅުވެފައިވާއިރު ޒުވާނުން ކެނޑިގެން އެނބުރޭ މަންޒަރު ވަރަށް ގިނައިން މިހާރު ފެނެއެވެ. އެފަދަ ވީޑިއޯތައްވެސް ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.

މޭޔަރުކަމަށް ކުރިމަތި ލާނެކަމަށް އިއުލާނުކޮށް ކުރެއްވި ޓްވީޓެއްގައި އަލްހާން ވިދާޅުވެފައިވަނީ ކުރިޔަށް އަތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން، މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑު ނިޔަތްގަނެފިން ކަމަށެވެ. މާލޭ ސިޓީގެ ރައްޔިތު އެންމެންގެ އިޚްލާޞްތެރި އެއްބާރުލުމަށް އެދި ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް