މިއީ ޔުނިވަރ ސިޓީގެ ދަރިވަރަކު އޭނާގެ ޑައިރީގައި ލިޔެފައިވާ ތެދު ހަގީގީ ވާހަކައެކެވެ.
އަހަރެންގެ ހަޔާތުގެ އުފާވެރި ދުވަހެކެވެ. އަހަރެން ދެ އަހަރު ދުވަހު ކުރި ބުރަ މަސައްކަތުގެ ފޮނިކަން އަހަރެންނަށް ލިބުނު ދުވަހެވެ. އިންޑިއާގެ އެންމެ މޮޅު ޔުނިވާސިޓީން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އަހަރެންނަށް ލިބިގެންދިޔަ އުފާވެރި ދުވަހެވެ. ބާލީހުގައި ބައްދާލައިގެން އޮވެ އަހަރެން ﷲ އަށް ހަމްދުކުރީމެވެ. އަދި އަހަރެންގެ ހުވަފެން ހަޤީޤަތަކަށް ވާން އުޅޭތީ އެކަމާ އުފާ ކުރީމެވެ.
ކޮންމެޔަކަސް، ދެ ހަފްތާ ކިޔެވުމުގައި ހޭދަކޮށް ފީމެވެ. ބައެއް ފަހަރު މަޖާ ވަގުތު ތަކެވެ. އަނެއްބައި ފަހަރު ޖެއްސުމާއި ގޯނާ ކުރުމެވެ. އަހަރެންނަށް ކުރިމަތިވި ޖެއްސުންތައް ކުރިމަތިވެގެން ދިޔަޔައީ އަހަރެންގެ ބުރުޤާގެ ސަބަބުން ނެވެ. އެހެން ނަމަވެސް ﷲ ބަސްފުޅާއި އެއްގޮތައް އަހަރެންގެ އައުރަ ނިވާކުރުމަކީ އަހަރެންނަށް ލަދެއް ނޫނެވެ.
އަހަރެންގެ މިހިތްވަރަށް ބުރޫ އެރީ ލެބޯޓަރިއަން އަހަރެން ގެންގޮސްފައި ދިން އިންޒާރުންނެވެ. އޭނާ ބުނި ގޮތުން ލެބޯޓަރީއަށް ދެން އާދެވޭނީ ލެބޯރަޓަރީ ޔުނިފޯމުގައެވެ. ހިތާމަ ހުރި ކަމަކީ ލެބޯރަޓަރީ ޔުނިފޯމް އަކީ އަތްކުރު ސުކާޓަކާއި ސޯޓު ބުރިއެކެވެ. ބުރުގާ އެޅުން މުޅިން މަނަލެވެ. ލައިބްރަރިއަން ބުނާ ގޮތުން ބުރުގާ އެޅުމުން ހެދުމުގައި އަލިފާން ރޯވުމުގެ ފުރުސަތު ބޮޑެވެ. އަސްތަގް ފިރުއްﷲ، ﷲގެ އެންގެވުމަށް އެވަގުތު އޭނާ ފާޑުކީއެވެ.
އެވަގުތު އަހަރެންގެ ސިކުޑީގައި ދެ ވާހަކައެއް ދައުރު ވަމުން ދިޔައެވެ. އަހަރެންގެ ބުރުގާ ނަގަން ވީހެއްޔެވެ. ނޫނީ އަހަރެންގެ ހުވަފެން ދޫކޮށްލަން ވީހެއްޔެވެ.
ކޮންމެ ޔަކަސް އަހަރެން ޚިޔާރުކުރީ އަހަރެން ދީނެވެ. ﷲ އިރާދަ ފުޅުން އަހަރެން މިއަދު މީ ކާމިޔާބު މަންމައެކެވެ. ވަފާރެތި އަންބެކެވެ. ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް އަދާ ކުރަމުން އަންނަ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް