ގައްދޫގައި އުމުރުން ދުވަސްވީ ދެމަފިރިން ދިރިއުޅޭ ގެއަކުން ވައްކަންކޮށްފި

ގދ. ގައްދޫގައި އުމުރުން ދުވަސްވީ ދެމަފިރިން ދިރިއުޅޭ ގެއަކުން ވައްކަންކޮށްފިއެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 05:30 ހާއިރު ކަމަށެވެ. އަދި އެމީހުން ދިރިއުޅޭ ގޭގެ ދޮރު ހަލާކުކޮށ...

16 Dec 2019 | 11:06

ގދ. ގައްދޫގައި އުމުރުން ދުވަސްވީ ދެމަފިރިން ދިރިއުޅޭ ގެއަކުން ވައްކަންކޮށްފިއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 05:30 ހާއިރު ކަމަށެވެ. އަދި އެމީހުން ދިރިއުޅޭ ގޭގެ ދޮރު ހަލާކުކޮށްލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށެވެ.

އެގެއިން ވަގަށް ނަގާފައިވަނީ 95000 ދިވެހި ރުފިޔާ އާއި 1000 ޔޫއެސް ޑޮލަރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް