އުރީދޫ ބްލަޑް ޑޮނޭޝަން ކޭމްޕް: އަހަރު ނިމުމުގެ ކުރިން ސަދަގާތެއް ކޮށްލަން ސަޅި ފުރުސަތެއް

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރި ކުރުވުމަށާއި ލޭ ހަދިޔާ ކުރާ މީހުންގެ ޑާޓާބޭސް އިތުރު ކުރުމުގެ މަގުސަދުގައި އުރީދޫ މޯލްޑިވްސް އިން މާދަމާ ބްލަޑް ޑޮނޭޝަން ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. އުރީދޫ...

16 Dec 2019 | 10:52

ލޭ ހަދިޔާ ކުރުމަށް ހޭލުންތެރި ކުރުވުމަށާއި ލޭ ހަދިޔާ ކުރާ މީހުންގެ ޑާޓާބޭސް އިތުރު ކުރުމުގެ މަގުސަދުގައި އުރީދޫ މޯލްޑިވްސް އިން މާދަމާ ބްލަޑް ޑޮނޭޝަން ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އުރީދޫއިން ނެޝަނަލް ތެލަސީމިއާ ސެންޓަރާއި މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީ އާއި ގުޅިގެން މި ކޭމްޕް ކުރިއަށްގެންދަނީ މޯލްޑިވްސް ބްލަޑް ސާވިސަސް ގައެވެ. މި ކޭމްޕް މާދަމާ މެންދުރު 02:30 އިން ހަވީރު 05:30 އަށް ކުރިއަށްދާނެއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އަކީ ނެޝަނަލް ތެލަސީމިއާ ސެންޓަރު އަދު ނެޝަނަލް ބްލަޑް ޓްރާންފިއުސަން ސާވިސަސް އެއްކޮށްލައި 2012 ވަނަ އުފައްދާފައިވާ ހިދުމަތެކެވެ.

ތެލެސީމިއާ އަކީ ބެލެނިވެރިންގެ ފަރާތުން ވާރުތަވާ ލޭގެ ޑިސްއޯޑަރ އެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ ކަމުގައިވާ ހީމޯގުލޯބިން ނުވަތަ އެޗް.ބީ ފުރިހަމައަށް އުފައްދައެއް ނުދެއެވެ. ޤަވާޢިދުން ފަރުވާ ނުލިބޭ ހާލަތެއްގައި، ތެލެސީމިއާ އަކީ ފުރާނައަށް ނުރައްކާތެރިވާ ބައްޔެކެވެ. ވުމާއި އެކު، ތެލެސީމިއާ ޕޭޝަންޓުން ދިރިހުރުމަށް ޓަކައި، މަހުން މަހަށް ނުވަތަ ކޮންމެ ހަފްތާއަކު ލޭއަޅައި، މިކަމުގެ ސަބަބުން ދިމާވާ އެހެނިހެން މައްސަލަތަކަށް ތަކުރާރުކޮށް ފަރުވާދޭން ޖެހެއެވެ. މިގޮތުން، ހަށިގަނޑުން އިތުރު އަޔަން ނައްތާލުމަށްޓަކައި ބޭނުންވާ އިންޖެކެޝަންތަކުގެ އިތުރުން، ހަފްތާޔަކު 5-6 ދުވަހު ބޭސް ކާންޖެހެއެވެ.

ދިވެހިރާއްޖޭގައި 800 އަށް ވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓަރ ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި ތެލެސީމިޔާ ކުދިން ދަނީ އިތުރުވަމުންނެވެ. ވުމާއި އެކު، މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ދަނީ ތެލެސީމިއާ އާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ސަޕޯޓްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވ

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ މަސައްކަތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް http://mbs.gov.mv އަށް ޒިޔާރަތްކުރައްވާށެވެ. އުރީދޫގެ ބްލަޑް ޑޮނޭޝަން ކޭމްޕް މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާއިރު ލޭ ހަދިޔާކޮށް ސަދަގާތެއް ކޮށްލަން މިއީ ލިބޭނެ ރަނުގެ ފުރުސަތެކަށް ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް