އައިޖީއެމްއެޗުގައި ގޮހޮރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް އަނެއްކާވެސް ފަށައިފި

އައިޖީއެމްއެޗުގައި ގޮހޮރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް އަނެއްކާވެސް ފަށައިފިއެވެ. ގޭސްޓްރޯއެންޓޮލޮޖީ ނުވަތަ ގޮހޮރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ޚިދުމަތް އެ ހޮސްޕިޓަލުގައި އަލުން ފަށާފ...

16 Dec 2019 | 08:28

އައިޖީއެމްއެޗުގައި ގޮހޮރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް އަނެއްކާވެސް ފަށައިފިއެވެ.

ގޭސްޓްރޯއެންޓޮލޮޖީ ނުވަތަ ގޮހޮރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ޚިދުމަތް އެ ހޮސްޕިޓަލުގައި އަލުން ފަށާފައިމިވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

އައިޖީއެމްއެޗުން ބުނީ ގޮހޮރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ޑރ. ޕަލަނިއައްޕަން މިއަދުން ފެށިގެން އައިޖީއެމްއެޗްގެ އޯޕީޑީގައި ބަލި މީހުން ބަލާނެ ކަމަށެވެ. އަދި ސްޕެޝަލިޓީއާ ގުޅުން ހުރި ޚިދުމަތް ދޭނެ ކަމަށެވެ.

ޑރ. ޕަލަނިއައްޕަން އަށް ދެއްކުމަށް އެޕޮއިންޓްމަންޓު މިއަދުން ފެށިގެން ލިބޭނެ ކަމަށާއި އެޕޮއިންޓްމަންޓް ހަމަޖެހޭނީ އާއްމުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދާ އުސޫލުން ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ މި ޚިދުމަތް އެ ހޮސްޕިޓަލުގައި ފެށުމަކީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ރައްކާތެރި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރާއި އެ ހޮސްޕިޓަލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ގޭސްޓްރޯއެންޓޮލޮޖީއާ ގުޅުން ހުރި އެންޑޯސްކޮޕީ އާއި ކޮލޮނޮސްކްޕީ ޚިދުމަތް އައިޖީއެމްއެޗުގައި އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް