ދޯންޏަކުން އެންދަމަން ފޭބި މީހަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:08 ހާއިރު ދޯންޏަކުން އެންދަމަން އުޅުމުގެ ތެރޭގައި އެދޯނީގެ ފަޅުވެރިއަކު ގެނބިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ދޯނީގެ ފަޅުވެރިއަކަށް އުޅުނު އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް އެދޯނީގައި ބޭނުންކުރާ ބޮއެ އޮޔާދާން ފެށުމުން އެބަލާ ފަތާފައިގޮސް އެނބުރި އަންނަނިކޮށް އެމީހާގެ ހަރަކާތް ހުއްޓިގެން ދޯނީގައި ތިބި މީހުން ގޮސް އޭނާ ދޯންޏަށް ނެގި އިރު، އަނގައިން ފޮނު އަރާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ދޯނީގެ މީހުން އޭނާ ވަނީ ވަގުތުން ގއ. ވިލިގިނލީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި އެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.
މި ހާދިސާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް