އަވަށްޓެރި ލަންކާގައިވެސް ފިޔާގެ އަގު މައްޗަށް ދާން ފަށައިފި

އަވަށްޓެރި ސްރީލަންކާގައިވެސް ފިޔާގެ އަގު މައްޗަށް ދާން ފަށައިފިއެވެ. ލަންކާގެ ނޫސްތަކުން ބުނެފައިވަނީ އެންމެ އަގުހެޔޮކޮށްވޗެސް މިހާރު ހުރީ 520 ރުޕީސްއަށް ކަމަށެވެ. އަދި ބައެއް ތަންތަނުގައި 550 އަދި 5...

16 Dec 2019 | 06:38

އަވަށްޓެރި ސްރީލަންކާގައިވެސް ފިޔާގެ އަގު މައްޗަށް ދާން ފަށައިފިއެވެ.

ލަންކާގެ ނޫސްތަކުން ބުނެފައިވަނީ އެންމެ އަގުހެޔޮކޮށްވޗެސް މިހާރު ހުރީ 520 ރުޕީސްއަށް ކަމަށެވެ. އަދި ބައެއް ތަންތަނުގައި 550 އަދި 560 ރުޕީސްއަށްވެސް ހުރި ކަމަށެވެ.

އެގަމުގައިވެސް ފިޔާގެ އަގު މައްޗަށް މިއެރީ މޫސުންގޯސްވެ ދަނޑުތަކަށް ގެއްލުންވެ، ފިޔާ އިމްޕޯޓު ކުރަން ޖެހުމުން ކަމަށް ލަންކާ ޓްރޭޑަރޒް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވެ، އިންޑިއާގެ ފިޔތާ ދަނޑުތަަކަށް ގެއްލުންވަމުންދާތީ އޭގެ އަސަރު ރާއްޖެއަށްވެސްކޮށް ރާއްޖޭގައިވެސް ފިޔާގެ އަގު ވަނީ މަތުވެފައެވެ. އެގޮތުން ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށްވުރެ މަތީގައި ހުރި އިރު، ކަންމަތީ ފިހާތަކުގައި އުޅެނީ 80 ނުވަތ 90އަށްވުރެ މަތީގައެވެ.

ބަސްތާއެއްގެ އަގު ބާޒާރުގައި 1000 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދުގައި ހުރި އިރު، ކަންމަތީ ފިހާރަތަކުގައި ހުރީ އެއަށްވުރެވެސް މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް