ރަށްރަށުގެ މައުލޫމާތު ފަސޭހައިން ފެންނާނެ ވެބްސައިޓެއް ސަރުކާރުން ލޯންޗުކޮށްފި

ރަށް ރަށުގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި އެ ރަށްރަށުގެ އާންމު އެންމެހާ މައުލޫމާތު އެއްތަނަކުން ފެންނާނޭ ފަދަ ވެބްސައިޓެއް މިއަދު ލޯންޗުކޮށްފިއެވެ. ކައުންސިލަރުންނާއެކު ކްރޮސް ރޯޑް މޯލްޑިވްސްގައި...

16 Dec 2019 | 05:44

ރަށް ރަށުގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި އެ ރަށްރަށުގެ އާންމު އެންމެހާ މައުލޫމާތު އެއްތަނަކުން ފެންނާނޭ ފަދަ ވެބްސައިޓެއް މިއަދު ލޯންޗުކޮށްފިއެވެ.

ކައުންސިލަރުންނާއެކު ކްރޮސް ރޯޑް މޯލްޑިވްސްގައި ކުރިއަށްގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި   ސަރުކާރުން ލޯންޗް ކޮށްފައިވަނީ "އައިލްސް" ނަމަކަށް ކިޔާ ވެބްސައިޓެކެވެ. ރައީސް ނަޝީދުގެ ސަރުކާރުގައިވެސް މި ނަމުގައި ސަރުކާރުން ވެބްސައިޓެއް ހިންގިއެވެ.

އައިލްސް ވެބްސައިޓްގައި ރަށް ރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތަކާއި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު އެނގޭނެހެން ހިމަނާފައިވެއެވެ. އަދި ކައުންސިލަރުންގެ މައުލޫމާތާއި ދާއިރާގެ މެމްބަރުގެ މައުލޫމާތާއި އެ ރަށަކާއި ގުޅުންހުރި އިދާރާތަކުގެ މައުލޫމާތުވެސް ހިމަނާފައިވެއެވެ.

މި ވެބްސައިޓްގައި ރާއްޖޭގެ މިހާރުގެ ބޯހިމެނުމުގެ މައުލޫމާތުވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން އެ ރަށެއްގައި ކައުންސިލުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމުގެ މައުލޫމާތާއި އެ ރަށެއްގެ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތާއި އެ ރަށެއްގެ ހާއްސަ ތަންތަނުގެ މައުލޫމާތުވެސް ފެންނާނެހެން ހިމަނާފައިވެއެވެ.

ވެބްސައިޓް ލިންކް: https://isles.gov.mv

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް