އެޗްޑީސީގެ މުވައްޒަފުންގެ އިންތިޒާރަށް އުފާވެރި ނިމުމެއް – މުވައްޒަފުންގެ އެޕާޓްމަންޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

އެޗްޑީސީގެ ސްޓާފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ރީތިގަސް" ފްލެޓުތައް ލިބުނު ފަރާތްތަކަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެވެ. އެކަމަށ...

16 Nov 2025 | 04:12
N/A

N/A

އެޗްޑީސީގެ

ސްޓާފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ

"ރީތިގަސް" ފްލެޓުތައް ލިބުނު ފަރާތްތަކަށް އެޕާޓްމަންޓުތަކުގެ

ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެވެ.

އެކަމަށްޓަކައި،

ހުޅުމާލޭގެ ރީތިގަސް މަގުގައި ރޭގައި ބޭއްވި

ހާއްސަ ރަސްމިއްޔާތެއްގައި ބައެއް ސްޓާފުންނަށް އެޕާޓްމަންޓުގެ ތަޅުދަނޑި

ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް

އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބް އެވެ.

ރޭގެ

ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ

ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ކުންފުނީގެ ބޯޑު މެންބަރުންނާއި

އިސްވެރީން

ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ

ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ ސްޓާފުންނަށް ބޯހިޔާވަހިކަން

ފޯރުކޮށްދިނުމަށް، ސްޓާފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި އެ

މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ތަރައްގީކޮށްފައެވެ.

ރޭގައި ހަވާލުކުރަން ފަށާފައިވަނީ، ނިމިފައިވާ

ޓަވަރު A އަދި ޓަވަރު B

ގައި ތަރައްގީކޮށްފައިވާ 153 އެޕާޓްމަންޓެވެ. އަދި ބާކީ ހަތަރު ޓަވަރުގެ

މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް ވަނީ

އަމާޒުހިފާފައެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުގައި އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ގާއިމްކޮށްފައިވާއިރު،

ޓަވަރުތަކުގައި ކޮމަން އޭރިއާއާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި

ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެއެވެ. އަދި އޭގެ އިތުރުން ޖުމްލަ 54 ކާރު ޕާކިންގ

ސްލޮޓާއި 782 ސައިކަލް ޕާކިންގ ސްލޮޓްވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ

ފަރާތްތަކަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް