ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ "ސްޓާޓަޕް ވީކެންޑް 2019" ފެށިގެން ކުރިއަށް

ދިރާގު އަދި ސްޕާކްހަބް ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ކުރިއަށްގެންދާ "ސްޓާޓަޕް ވީކެންޑް 2019" އިއްޔެ ފަށައިފިއެވެ. 54 ގަޑިއިރަށް ކުރިއަށްދާ މި ހަރަކާތުގެ ޗީފް ގެސްޓަކީ ބިޒްނަސް ސެންޓަރ ކޯ...

16 Nov 2019 | 16:27

ދިރާގު އަދި ސްޕާކްހަބް ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ކުރިއަށްގެންދާ "ސްޓާޓަޕް ވީކެންޑް 2019" އިއްޔެ ފަށައިފިއެވެ.

54 ގަޑިއިރަށް ކުރިއަށްދާ މި ހަރަކާތުގެ ޗީފް ގެސްޓަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ފަޒްލީނާ ޝާކިރެވެ.

ޓެކްސްޓާސް ސްޓަރޓަޕް ވީކެންޑަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަޤަވާމީ ހަރަކާތެކެވެ. އަދި މި މޮޑެލް މިހާރު ދުނިޔޭގެ 150 ގައުމުގައި ވަރަށް ކާމިޔާބު ކަމާއެކު ޓްޗްސްޓާގެ މި ޕްރޮގްރާމް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

54 ގަޑިއިރަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެއެވެ.

މި ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންގެ މެދުގައި ސްޓަރޓްޕް ކަލްޗަރ އެއް ބިނާ ކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުމެވެ.

މި އަހަރުގެ މި ހަރަކާތުގައި 50 އަށްވުރެ ގިނަ ބައިވެރިން ހިމެނޭކަމުގައި ދިރާގުން މައުލޫމާތުދެއެއެވެ. އަދި މި ހަރަކާތް ކުރިއަށްދާއިރު ހަރަކާތުގެ ބައިވެރިވާ ޓީމްތަކަށް އެހީތެރިކަން ފޯރުކޮށްދީ ޓީމުތަކުގެ މަސައްކަތް މޮނީޓަރ ކުރުމުގައި އިންޑަސްޓްރީގެ ފުންނާބު އުސް ފަރާތްތަކާއި އެންޓްރަޕްރަނުއަރސް ބައިވެރިވާކަމުގައިވެސް ދިރާގުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް