ޝުމްބާ މަރު ކޮމިޝަނަށް ހާޒިރުކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް)، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ. އ...

16 Nov 2019 | 15:56

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް)، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

އޭނާ އެ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ މިރޭ 08:30ގައެވެ.

ޝުމްބާ އެ ކޮމިޝަނަށް ހާޒިރުކުރި ނަމަވެސް އެކަމުގެ ސަބަބު އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އެ ކޮމިޝަނަށް ޝުމްބާ ހާޒިރުކޮށްފައިވާއިރު އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިރޭ 08:30 އަށް ކުއްލި ގޮތަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދާފައިވާ މަރު ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާކަމަށެވެ. ސަބަބު ބަޔާންކޮށްފައި ނުވާކަމަށެވެ.

އޭނާ ފަހުންކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގަޑިއަށް ރިޔާސީ ކޮމިޝަނަށް ހާޒުވާނެ ކަމަށާއި، ކޮމިޝަނުން ވަނީ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ ޕޮލިސް މެދުވެރިކޮށްގެން ވިޔަ ހާޒިރުކުރާނެ ކަމުގެ އިންޒާރު ދީފައި ކަމަށެވެ. އޭޏާ އަކީ އެއްވެސް ކުށެއްގެ ތަހުމަތު އުފުލިފައިވާ އަދި ކުރެވިފައިވާ މީހެއް ނޫން ކަމަށްވެސް އޭނާގެ ޓްވީޓްގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް