ހީލިއަމް ގޭހުގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިފި

މޯލްޑިވްސް ގޭސް އިން ހީލިއަމް ގޭހުގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މޯލްޑިވް ގޭހުން ރާއްޖެއަށް ދެ ސައިޒެއްގެ ހީލިއަމް ގޭސް ތައާރަފްކޮށްފައިވާއިރު، 4 ކިލޯގެ ޕޯރޓެބްލް 1000 ރުފިޔާއަށް ލިބޭއިރު...

16 Nov 2019 | 09:16

މޯލްޑިވްސް ގޭސް އިން ހީލިއަމް ގޭހުގެ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވް ގޭހުން ރާއްޖެއަށް ދެ ސައިޒެއްގެ ހީލިއަމް ގޭސް ތައާރަފްކޮށްފައިވާއިރު، 4 ކިލޯގެ ޕޯރޓެބްލް 1000 ރުފިޔާއަށް ލިބޭއިރު، 46.7 ލީޓަރުގެ ލައިޓަރސް ރީ ފިލެބްލް ސިލިންޑަރސް، 7000 ރުފިޔާ އަށް ލިބެން ހުންނާނެ އެވެ.  މިއާއިއެކު ހީލިއަމް ގޭސްފުޅިއާއި އެކު ހީލިއަމް ފުއްޕާހަން މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން މިވަނީ ފަށާފައެވެ.

އެކުންފުނިން ވިދާޅުވީ، މިޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ފުޅިއަކަށް 50 ފުއްޕާހަމުގެ ޕެކެއް ހިލޭ ލިބިގެންދާނެ ކަމަށެވެ. އެއްމަސްދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ފޭސްބުކް މެދުވެރިކޮށް އަދި މޯލްޑިވް ގޭސް އަށް ޒިޔާރާތްކޮށްގެން ބައިވެރިވެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އެގޮތުން މޯލްޑިވް ގޭސްގެ ފޭސްބުކް ޕޭޖްގައި މި ޕްރޮމޯޝަނާއި މެދު ކުރި ޕޯސްޓް ލައިކްކޮށް ޝެއަރ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވަނީ ހީލިއަމް ފުޅިއެއް ދޭން ނިންމާފައެވެ. މީގެއިތުރުން، ކުރިއަށް އޮތް އެއް މަސް ދުވަހު، މޯލްޑިވް ގޭހަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ވެސް ހިޅޭ ހީލިއަމް ފުޅިއެއް ދިނުމަށް ނިންމާފައެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ފަހުން ކަމަށް މޯލްޑިވް ގޭހުން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް