މިނިސްޓަރު ޝާހިދު މޮރޮކޯގެ ބޮޑުވަޒީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، މޮރޮކޯގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޑރ. ސަޢަދުލްދީން އަލް ޢުޘްމާނީ ގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. މޮރޮކޯގެ ރަބަތުގައި ހުންނަ ބ...

16 Nov 2019 | 08:06

ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، މޮރޮކޯގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޑރ. ސަޢަދުލްދީން އަލް ޢުޘްމާނީ ގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މޮރޮކޯގެ ރަބަތުގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ބޮޑުވަޒީރަށާއި މޮރޮކޯގެ ރައްޔިތުންނަށް ތަޙުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރެއްވިއެވެ. އަދި އެމަނިކުފާނު މޮރޮކޯއަށް ކުރައްވަމުން މިގެންދަވާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އޮތްކަމުގައި މިނިސްޓަރ ޝާހިދު ދެންނެވިއެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދާއި ބޮޑުވަޒީރު އަލް ޢުޘްމާނީ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދެ ޤައުމުންވެސް އިސްކަންދޭ ކަންތައްތަކުގެ ތެރެއިން، ދެ ޤައުމުގެ ދޭ ދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް އިތުރުކުރުމުގެ މުހިންމުކަމުގެ އިތުރުން، ވިޔަފާރީގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއާއި، ތަރިކައިގެ ދާއިރާއާއި، ނިރުބަވެރިކަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި، މަތީ ތަޢުލީމުގެ ދާއިރާއިން އަދި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދިނުމާއިގުޅޭ މަޝްވަރާތައް ހިމެނެއެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލް އަޙުމަދު ޚަލީލްއާއި ދިވެހިރާއްޖެއިން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޙުސެއިން ނިޔާޒްއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަލްފާޟިލް އަހުމަދު ޝިއާންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ މުޢުމިނާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.a

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް