ޖަޕާނުގެ ދަ ގްރާންޓް އެސިސްޓެންސް ފޮ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)ގެ ފަރާތުން ދިވެހި ސަރުކާރަށް ފަޔާ އިންޖީނެއް ހަދިޔާކޮށްފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފަޔަރ އިންޖީނު މާލެ ގެނމެސްފައިވާ ކަމަށާއި، ކަސްޓަމްސް އިން އިއްޔެ އެ އުޅަނދު ނެރެފައި ކަމަށެވެ.
https://twitter.com/NDMAmv/status/1195351804608835585
ޖަޕާނުން ވަނީ މީގެ ކުރިންވެސް ރާއްޖެއަށް މިފަދަ އެހީތައް ވެދީފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އާއި އެންޑީއެމްއޭގެ ޗީފް އެގްޒެކިއުޓިވް ހިސާން ހަސަންއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޖަޕާނުން ވަނީ ފަޔާ އިންޖީނެއް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ޖީޕީޕީ ސްކީމްގެ ދަށުން ހަދިޔާ ކުރި މި ފަޔަރ އިންޖީނުގެ އަގަކީ 88،449 އެމެރިކާ ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް