ހަތް އަހަރުގެ ކުއްޖެއްގެ ބަނޑުން 20 ދަގަތްފާނުކޮޅު ނަގައިފި

ގދ. ތިނަދޫ ކުއްޖެއްގެ ބަނޑުން ކުދިކުދި 20 ދަގަތްފާނުކޮޅު ނަގައިފިއެވެ. އުމުރުން ހަތް އަހަރު ފުރިފައިވާ މިކުއްޖާގެ ބަނޑުން ނަގާފައިވާ ދަގަތްފާނު ބޯޅަތަކަކީ މިކުއްޖާ ދިރުވާލާފައިވާ އެއްޗިއްސެވެ. އިއްޔެ ...

16 Nov 2019 | 06:59

ގދ. ތިނަދޫ ކުއްޖެއްގެ ބަނޑުން ކުދިކުދި 20 ދަގަތްފާނުކޮޅު ނަގައިފިއެވެ.

އުމުރުން ހަތް އަހަރު ފުރިފައިވާ މިކުއްޖާގެ ބަނޑުން ނަގާފައިވާ ދަގަތްފާނު ބޯޅަތަކަކީ މިކުއްޖާ ދިރުވާލާފައިވާ އެއްޗިއްސެވެ. އިއްޔެ ޓްރީޓޮޕް ހޮސްޕިޓަލުން މިދަގަތްފާނުކޮޅުތައް މިކުއްޖާގެ ގޮހޮރުން ނަގާފައިވާއިރު، މިއެއްޗެހި ހުރީ ބޮޅަކަށް ކުއްޖާގެ ގޮހޮރުގައި އެތުރިފައެވެ.

އާއިލާ އިން މައުލޫމާތުދޭ ގޮތުގައި، މިދަގަތްފާނުކޮޅުތައް މިކުއްޖާ ދިރުވާލާފައިވަނީ މީގެ ހަތަރު މަސް ކުރިން ކަމަށް ބެލެވެއެވެ. ގޮހޮރުގައި ދަގަތްފާނު ބޯޅަތައް ހުރިކަން އެނގުނީ ބަނޑުގައި ގަދަޔަށް ރިއްސާތީ، އެއެއްޗެހި ދިރުވައިލެވުނުކަން އެކުއްޖާ އަމިއްލައަށް ބުނުމުންނެވެ.

މި މައްސަލަ ފެންމަތިވުމުން އެކުއްޖާ ވަނީ ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ގޮހޮރުތެރޭގައި ހުރި އެ ދަގަތްފާނުތައް ބޭރު ނުކުރެވުމުން ފަހުން ވަނީ މާލެއަށް ގެނެސް ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދައްކާފައެވެ. އެހޮސްޕިޓަލުން ވަނީ އޮޕަރޭޝަނެއްކޮށް އެކިކުލަކުލައިގެ ހުރި 20 ދަގަތްފާނުބޯޅަ އެކުއްޖާގެ ގޮހޮރުން ނަގާފައެވެ.

އޮޕަރޭޝަނަށްފަހު ކުއްޖާގެ ހާލު އަންނަނީ ރަގަޅުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް