މާލެގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ވިދާޅުވީ، މި މީހާ ފެނިފައިވަނީ ގަލޮޅު ގެއެއްގެ އެއްވަނަ ފަންގިފިލާގެ ވައި ގޮޅީގައި މަރުވެފައި އޮއްވައެވެ. މިމީހާ މަރުވެފައި އޮއްވައި ފެނިފައިވަނީ މިއަދު 10:10 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މަރުވެފައި ވަނީ ޒުވާން ފިރިހެނެއް ކަމަށާއި، އޭނާ އަކީ ކާކުކަން ނޭންގޭ ކަމަށެވެ. އޭނާ އަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހާރުވެސް ސީންގައި ހަރަކާތްތެރިވަމުން ދާއިރު، މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް