ރީތިރަށު ލޯންޗު އެކްސިޑެންޓް: މަރުވި މީހާގެ އާއިލާ އިން ކެޕްޓަނަށް މައާފުދީފި

ކެޕްޓަނަށް ނިދިޖެހުމުގެ ސަބަބުން ރީތިރަށުގެ ލޯންޗު އެކްސިޑެންޓުވެ މީހަކު މަރުވި ހާދިސާގައި، މަރުވި މީހާގެ އާއިލާއިން ކެޕްޓަނަށް މައާފުދިނުމުން، ވިދިވިގެން އޭނާ ދެ މަސް ދުވަސް ދުވަހު ރޯދަ ހިފުމަށް ކްރި...

16 Oct 2021 | 18:28

ކެޕްޓަނަށް ނިދިޖެހުމުގެ ސަބަބުން ރީތިރަށުގެ ލޯންޗު އެކްސިޑެންޓުވެ މީހަކު މަރުވި ހާދިސާގައި، މަރުވި މީހާގެ އާއިލާއިން ކެޕްޓަނަށް މައާފުދިނުމުން، ވިދިވިގެން އޭނާ ދެ މަސް ދުވަސް ދުވަހު ރޯދަ ހިފުމަށް ކްރިމިނަލް ކޯޓުން އަންގައި ހުކުމްކޮށްފި އެވެ.

މި ހާދިސާ ހިނގީ 17 ފެބުރުއަރީ 2013ގެ 8:38 އެހާކަންހާއިރު އެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި ލޯންޗު ދުއްވަން އިނީ ވ. މޫންމޫންރައިޒް، މުހައްމަދު އަރީފެވެ. އޭނާ ދުއްވަން އިން ލޯންޗުން ޖެހުނީ ކ. އާރަށް ކައިރިން ދުއްވާފައި ދިޔަ ތެޔޮ ބާޖެއްގެ ކުރީކޮޅުގަ އެވެ.

މި އެކްސިޑެންޓުގައި ހދ. ކުޅުދުއްފުށި/ ޒޭވަރު، ދާއޫދު މުހައްމަދު ކަނޑަށް ވެއްޓި ވަނީ މަރުވެފަ އެވެ. މަރުވި ދާވޫދުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އިރުއޮއްސުނު ފަހުން، 6:30 އެހާކަންހާއިރު އެވެ.

މި މައްސަލާގައި މުހައްމަދު އަރީފުގެ މައްޗަށް ދައުލަތުން އުފުލީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.

މިއެކްސިޑެންޓު ހިނގި ކަމަށް މުހައްމަދު އަރީފު އިންކާރެއް ނުކުރެ އެވެ. ނަމަވެސް ދައުލަތުން އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރުކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް