ޕްރީ ސްކޫލެއްގައި ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހާ ސަސްޕެންޑުކޮށްފި

މާލޭގެ ޕްރީ ސްކޫލެއްގެ މުވައްޒަފަކު ދަރިވަރަކަށް ޖިންގީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި އެ މުވައްޒަފު ސަސްޕެންޑު ކޮށްފި އެވެ. އެ މައްސަލައިގަ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ...

16 Oct 2021 | 18:22

މާލޭގެ ޕްރީ ސްކޫލެއްގެ މުވައްޒަފަކު ދަރިވަރަކަށް ޖިންގީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި އެ މުވައްޒަފު ސަސްޕެންޑު ކޮށްފި އެވެ.

އެ މައްސަލައިގަ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށްވަނީ އެ ސްކޫލްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އުމުރުން ހަތަރު އަހަރުގެ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ފާހާނާއަށް ދިޔަ ވަގުތު އެވެ.

މި މައްސަލައިގަ މިރޭ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސްކޫލަށް ހުށަހެޅިކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބިފަވާ ކަމަށެވެ. އަދި އެ މައުލޫމާތާއި އެކު އެކަން ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި މައްސަލަ ބަލައި ނިމެންދެން، މައްސަލަ ރައްދުވާ މުވައްޒަފު ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން މައްސަލަ ތަހުގީގުކުރަން ތަހުގީގީ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުންވެސް ވަނީ އެ މައްސަލަ ބަލަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އެއީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ނުދެ އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.

ޖިންސީ ގޯނާގެ ސަބަބުން އެ ކުއްޖާ އަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފަވާ ކަމަށްވެސް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް