އޭލެވެލް ގަދަ 10ށް އިނާމު ދިނުމުގެ ޖަލްސާ ބާއްވާ ތަން ބަދަލުކޮށްފި

އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިިވަރުންނަށް އިނާމު ދިނުމަށް ޖަލްސާ ބާއްވާ ތަން ބަދަލުކޮށްފި އެވެ. އޭލެވެލް ގަދަ 10ށް އިނާމުދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ...

16 Oct 2021 | 17:29

އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިިވަރުންނަށް އިނާމު ދިނުމަށް ޖަލްސާ ބާއްވާ ތަން ބަދަލުކޮށްފި އެވެ.

އޭލެވެލް ގަދަ 10ށް އިނާމުދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުރިން ހަމަޖައްސާފައި އޮތީ އެ ޖަލްސާ އަމީނިއްޔާ ސްކޫލްގައި ބާއްވާށެވެ.

އެކަމަކު މިރޭ މިނިސްޓްރީން ބުނީ މޫސުން ތަންނުދޭތީ ކުރިން ހަމަޖައްސާފައި އޮތްގޮތަށް އަމީނިއްޔާގައި ރަސްމިއްޔާތު ބޭއްވެން ނެތް ކަމަށެވެ. އެހެންވެ މިހާރު ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ތާޖުއްދީން ސްކޫލް ހޯލްގައި ކަމަށް ބުންޏެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭލެވެލް އިމްތާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަތް ދަރިވަރަކު ޔަގީންކޮށްފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެ ހަފުލާގައި އިނާމު ދޭނީ 2019 ވަނަ އަހަރުގެ މެއި/ޖޫން އިންޓޭކުގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ކަމަށެވެ.

އެ އަހަރުގެ ނަތީޖާ ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

އާންމުކޮށް އިމްތިހާނު ބާއްވާ އަހަރާއި ޖެހިގެން އޮންނަ އަހަރު ބާއްވާ މި ހަފްލާ މިދިޔަ އަހަރު ނުބޭއްވުނީ ކޯވިޑްގެ ހާލަތާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް