ރަޝިއާގައި ކޯވިޑް ޖެހިގެން ފުރަތަމަ ފަހަރަށް އެއް ދުަވަހާއި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިއަދު އެ ގައުމުން 33،208 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އަދި މިއަދު އެކަނި 1،002 މީހުން ބަލީގައި މަރުވެފައިވެ އެވެ.
ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވާތާ ދެ ތިން ހަފްތވެފައިވާއިރު އެގައުމުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ވެކްސިން ޖެހުން އިތުރު ކުރުމުގެ ވިސްނުމެއް އެ ގައުމުގެ ސަރުކާރުގެ ނެެވެ. އެއީ ގައުމުގެ އިގްތިސޯދު ބަންދުކޮށްގެން ތިބެވެން ނެތުމުން ކަމަށްބުނެ އެވެ.
ރަޝިއާގައި އަދި ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ ޕަސެންޓޭޖު އުޅެނީ 31 ގައި އެވެ. ރަޝިއާގައި ހަދަމުންދާ ދިރާސާތަކުގައި ބުނެފައިވަނީ ވެކްސިން ޖެހޭ އާބާދީގެ ދެބައި ކުޅައެއްބައިމީހުން ވެކްސިން ޖަހާކަށް ބޭނުމެއް ނުވެ އެވެ.
ގިނަ ބަޔަކު އެދެނީ ދުނިޔޭގެ ފެންވަރުގައި ގަބޫލު ކުރަމުންދާ ކޯވިޑް ވެކްސިންތައް ކަމަށްވާ ފައިޒާ، އެސްޓްރާޒެނިކާ ފަދަ ވެކްސިންތަކެއްވެސް އެގަމުގައި ދިނުމަށެވެ. އެކަމަކު ރަޝިއާ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންނަށް ދޭނީ ހަމައެކަނި ރަޝިއާގައި އުފައްދާ ކޯވިޑް ވެކްސިންތައް ކަމަށާއި އެހެން ގައުމެއްގެ ވެކްސިނެއް އެތެރެ ކުރުމުގެ ވިސްނުންވެސް ނުގެންގުޅޭކަމަށް ބުނެފަ އެވެ.
ރަޝިއާ ސަރުކާރުގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވެފައިވަނީ ކޯވިޑް ކޮންޓްރޯލް ކުރަން މާބޮޑު ފިޔަވަޅުތަކެއް ނާޅަނީ ވެކްސިން ޖަހަން ބާރު އަޅައި އަމިއްލައަށް ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
ރަޝިއާގައި ކޯވިޑް މަރުތައް އިތުރުވާން ފަށާފައިވާއިރު އެ ގައުމަކީ މިހާރު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެ ބަލީގެ މަރު އެންމެ ގިނަ ގައުމެވެ. ރަޝިއާއިން މިހާތަނަށް ކޯވިޑް ޖެހިގެން 222،315 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް