ކަނޑުގަދަވެ ވިލިމާލޭ ފެރީ ދަތުރުތައް މެދުކަނޑާލައިފި

ކަނޑުގަދަވުމުގެ ސަބަބުން ވަގުތީ ގޮތުން މާލެ އާއި ވިލިމާލޭ ފެރީގެ ޙިދުމަތް މެދުކަނޑާލައިފިއެވެ. ފެރީގެ ޙިދުމަތް ދެމުން އަންނަ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓިސީ...

16 Oct 2021 | 15:34

ކަނޑުގަދަވުމުގެ ސަބަބުން ވަގުތީ ގޮތުން މާލެ އާއި ވިލިމާލޭ ފެރީގެ ޙިދުމަތް މެދުކަނޑާލައިފިއެވެ.

ފެރީގެ ޙިދުމަތް ދެމުން އަންނަ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓިސީސީ) އިން މަޢުލޫމާތު ދެއްވި ގޮތުގައި މާލެ ސަރަހައްދުގައި މޫސުން ގޯސްވުމާއި ގުޅިގެން އެ ކުންފުނިން މާލެ އިން ވިލިމާލެއަށް ދަތުރުކުރާ ފެރީ މޫސުން ރަނގަޅު ވަންދެން ވަގުތީ ގޮތުން މެދު ކަނޑާލާފައިވާ ވާކަމަށެވެ.

އެހެންކަމުން ފެރީ ކެންސަލްވުމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް، ފެރީ ދަތުރުކުރައްވާ ފަރާތްތަކުގެ އަރިހުން މާފަށް އެދިފައިވެއެވެ.

ފެރީ ދަތުރުތައް ކެންސަލް ކޮށްފައިވާއިރު މިވަގުތުވެސް މުޅި ރާއްޖެއަށް މިވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދި މޫސުމާއި ބެހޭ ޤައުމީ އިދާރާއާއި ޑިޒާސްޓާ މެނޭޖްމެންޓުންނާއި އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުކުރުމުގައި ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.

އެގޮތުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް