އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ސެންޓަރެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވައިފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީ ޑިޕާޓްމަންޓްތަކުގެ ފަރާތުން ތައާރަފް ކުރާ މި ސެންޓަރު ހުޅުވާފައިވަނީ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގަ އެވެ.
މި ސެންޓަރުގައި 13 ކޮންސަލްޓޭޝަން ރޫމް، ޚިދުމަތަށް ޚާއްސަ ވައިޓަލްސް ބަލާ ކޮޓަރި، ބޭބީ ނާސަރީ، ބްރެސްޓް ފީޑިންގ އަދި ބޭބީ ޗޭންޗިންގ ކޮޓަރި، އަލްޓްރާސައުންޑު ޚިދުމަތްދޭ ކޮޓަރި އަދި ފޮޓޯތެރަޕީ ޔުނިޓް ހިމެނެ އެވެ.
މީގެ އިތުރުން މި ސެންޓަރުގެ އެންމެ އިސް ދައުރަކީ އެއްތަނަކުން ފަސޭހަކަމާއިއެކު މިހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށްވާ އިރު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ސެންޓަރުން ކުރިމަގުގައި އައި.ޔޫ.އައި ނުވަތަ އިންޓަރ ޔުޓެރިންގ އިންސެމިނޭޝަން އަދި އައި.ވީ.އެފް ނުވަތަ އިންވީޓްރޯ ފާޓިލައިޒޭޝަންގެ ޚިދުމަތްތައް ވެސް ތައާރަފްކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލުން މިހާރުވެސް އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް