މާލެއިން ވ. ފުލިދޫއަށް ދަތުރުކުރި ލޯންޗުން މޫދަށް ވެއްޓި ގެއްލިގެން ހޯދަމުންދާ ކުއްޖާގެ މަންމަ ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެމީހާ ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ އެ އަންހެން މީހާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅެވެ.
މިއަދު ހަވީރު މި ލޯންޗު އަޑިއަށް ގޮސްފައި ވަނީ އޮޅުވެލި ރިސޯޓު ކައިރި އަށެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ލޯންޗު ތެރެއަށް ޖެހި ރާޅަކާއި އެކު ތިން މީހަކު މޫދަށް ވެއްޓިގެން ކަމަށެވެ. މޫދަށް ވެއްޓުނީ އެ އަންހެން މީހާގެ ދެ ދަރިންނެވެ.
އަނެއް ކުޑަ ކުއްޖާ ވަނީ ފެނިފަ އެވެ. އެމްއެންޑީއެފް ކޯސްޓު ގާޑުން އެ ސަރަހައްދަށް ގޮސް ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ މާލެއަށް ނިސްބަތްވާ 33 އަހަރުގެ އަންހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް