މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރި ލޯންޗެއްގައި އިން އުމުރުން ހަތަރު އަހަރުގެ ކުއްޖަކު މޫދަށް ވެއްޓި ގެއްލިއްޖެ އެވެ.
މިއަދު ހަވީރު މި ލޯންޗު އަޑިއަށް ގޮސްފައި ވަނީ އޮޅުވެލި ރިސޯޓު ކައިރި އަށެވެ. އެމްއެންޑީއެފުން ބުނީ ލޯންޗުން މޫދަށް ވެއްޓުނީ އެ ކުއްޖާގެ މަންމަ އާއި އިތުރު ކުއްޖަކާއި އެކު ތިން މީހުން ކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވީ ލޯންޗަށް އެރި ރާޅަކާއި އެކު އެ ތިން މީހުން މޫދަށް ވެއްޓިގެން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މިހާދިސާގައި މިހާރު ހޯދަމުން ދަނީ ހަތަރު އަހަރުގެ ކުއްޖާ އެކަންޏެވެ.
ކުއްޖާގެ މަންމަ ފެނިގެން ނަގައިގެން ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަނެއް ކުއްޖާ ވެސް ނަގާފައިވާއިރު އެ ކުއްޖާގެ ހާލަތާއި ގުޅޭ މައުލޫމާތެއް ނޭނގެ އެވެ.
އެމްއެންޑީއެފުން ބުނީ ކޯސްުގާޑު ކުއްޖާ ހޯދުމަށް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް