އިންގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވެޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ވެޓްފޯޑާއި ދެކޮޅަށް ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ ނުވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. ލިވަޕޫލަށް ލީޑި ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސެނެގޯލް ފޯވާޑް ސަދިއޯ މާނޭއެވެ. ލިވަޕޫލުގެ ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ރޮބާޓޯ ފިރުމީނޯ ކާމިޔާބު ކޮށް ލީޑު ފުޅާކުރިއިރު، މި މެޗުން ލިވަޕޫލު ކާމިޔާބު ކުރި ތިން ވަނަ ލަނޑުވެސް މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފިރުމީނިއޯއެވެ.
އޭގެ ދެ މިނެޓު ފަހުން ލިވަޕޫލުން އެޓީމުގެ ހަތަރު ވަނަ ލަނޑު މުޙައްމަދު ސަލާހު ކާމިޔާބު ކޮށްދިންއިރު، ލިވަޕޫލުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީ ފިރުމީނޯ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
ވެޓްފޯޑް އަތުން ހޯދި މި މޮޅާއި އެކު ލިވަޕޫލުން ވަނީ އެހެން ޓީމުތަކަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ތާވަލުގެ އެއްވަނަ މަގާމުގައި ދެ ޕޮއިންޓުގެ ލިޑެއް ނަގާފައެވެ. ލިވަޕޫލް ކުޅުނު އަށް މެޗުން އެޓީމަށް ވަނީ 18 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތީ ލިވަޕޫލަށް ވުރެ އެއްމެޗު މަދުން ކުޅެގެން 16 ޕޮއިންޓާއި އެކު ޗެލްސީއެވެ. ތިންވަނާގައި ސިޓީ 14 ޕޮއިންޓާއި އެކު އޮތްއިރު ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ގޯލުގެ ތަފާތުން ހަތަރު ވަނާގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް