ކޯވިޑާއި ގުޅިގެން އެޅި ހުރިހާ ފިޔަވަޅެއްހެން އުވާލައި ސައުދީ އާންމު ހާލަތަށް!

ސައުދީ އަރަބިއްޔާގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުއިތަކެއް ދޭން ނިންމައިފި އެވެ. މިދިން ލުއިތަކަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ. ސައުދީގެ އިންޓީރިއާ މިނިސް...

16 Oct 2021 | 13:36

ސައުދީ އަރަބިއްޔާގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑު ލުއިތަކެއް ދޭން ނިންމައިފި އެވެ.

މިދިން ލުއިތަކަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ތަނަކުން ހިދުމަތް ހޯދާ އިރު އާއި މަގުމަތީގައި އުޅޭއިރު އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށް ބުންޏެވެ.

ހާއްސަކޮށް ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްފައިވާ މާތްވެގެންވާ މައްކާގެ ހަރަމްފުޅާއި މަދީނާގެ މަސްޖިދުލް ނަބަވީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބިގެންދާނެ އެވެ. އެގޮތުން މާދަމާއިން ފެށިގެން މާތްވެގެންވާ ހަރަމް ފުޅާއި މަސްޖިދުލް ނަބަވީގައި ގައިދުރުކަން ނުބަހައްޓާ މިސްކިތުގެ ފުރިހަމަ ޖާގައަށް މީހުންނަށް ވަނުމުގެ ހުއްދަ ދޭނެ އެވެ.

އެ މިސްކިތްތަކަށް ވަނުމަށް އޮތް ހަމައެކަނި ޝަރުތަކީ ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފައިވުމެވެ.

މީގެ އިތުރުން ވެކްސިން ކާޑާއި އެކު ނޫނީ ނުލިބޭ ހިދުމަތްތައްވެސް އާންމުކޮށް ހުޅުވާލާނާނެ އެވެ. ސަރުކާރު އޮފީސްތަކާއި، މޯލްތަކާއި ޖިމް، ސެލޫން، ކެފޭ ރެސްޓޯރެންޓުތަކަށް ވަންނަ އިރު މާދަމާއިން ފެށިގެން ސައުދީގައި ވެކްސިން ކާޑު ބޭނުމެއް ނުކުރާނެ އެވެ.

މިގޮތަށް ނިންމީ އެ ގައުމުގައި ކޯވިޑް ޖެހޭ ނިސްބަތްވ ދަށެވެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންގެ ނިސްބަތް އަމާޒާއި އެއްވަރަށް ހާސިލްވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް