މަހްމޫދުގެ މަރާއި ގުޅިގެން ބިދޭސީއެއް ހައްޔަރުކޮށްފި

އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އެރަށުން ބިދޭސީއެއް ހައްޔަރުކޮށްފި އެވެ. ފުލުހުން އެކަން ހާމަކޮށްފައިވަނީ ދާދިދެންމެ ކޮށްފައިވާ ޓްވީޓެއްގަ އެެވެ. އެ ބިދޭ...

16 Oct 2021 | 09:52

އދ. ދަނގެތީގައި މަރާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ މަރާ ގުޅިގެން އެރަށުން ބިދޭސީއެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން އެކަން ހާމަކޮށްފައިވަނީ ދާދިދެންމެ ކޮށްފައިވާ ޓްވީޓެއްގަ އެެވެ.

އެ ބިދޭސީ މީހާ ހައްޔަރުކުރީ އދ. ދަނގެތިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

https://twitter.com/PoliceMv/status/1449309687275343875

މި މަހުގެ 13 ވީ ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 11 ޖަހާކަންހާއިރު، ގެއިން ބޭރަށް ދިޔަ މަހުމޫދު ހެނދުނު 9 ޖެހި އިރު ވެސް ސައިބޯން ގެއަށް ނާންނާތީ އަދި ފޯނަށް ޖަވާބު ވެސް ނުދޭތީ ރައްޔިތުން ވަނީ އޭނާ ހޯދަން ނިކުމެފަ އެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އޮކްޓޯބަރ 14 ވަނަ ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 3:15 ހާއިރެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އޮތީ ގޯންޏެއްގެ ތެރެއަށް ލައި ފަޅުގެއެއްގެ ތެރޭގައި ހުންނަ ވަޅަކަށް އެކޮޅުކޮޅުން ފައްތާފަ އެވެ.

މަހުމޫދު މަރާލައިފާ ވަނީ އަނިޔާތަކެއް ދިނުމަށްފަހު އެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ އިރު، ނިތްކުރި، ކަންފަތް އަދި ކަރަށް ވަޅިން އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

މަހްމޫދުގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެ ޢަޞުރު ނަމާދަށް ފަހު، އދ. ދަނގެތީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް