ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ތ. ކަނޑޫދޫއަށް ކުރެެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ކަނޑުދޫއަށް ވަޑައިގަތީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކަނޑޫދޫގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެެވުމަށެވެ.
މިދަތުރުފުޅުގައި ކަނޑޫދޫގައި ބޭއްވި ކާބޯތަކެތީގެ މައުރަޒު ހުޅުވައިދެއްވާފައިވެއެވެ. ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފައްޓަވައިދެއްވާ ފާޓިގޭޝަން ސިސްޓަމް ރަސްމީކޮށް ހުޅުވައިދެއްވާފައިވެއެވެ.
ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ނިންމީ ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމާއެކު، ދަނޑުވެރިންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް މި ދާއިރާ އަށް މީހުން ޝައުގުވެރިކޮށް ދަނޑުވެރިކަން ކުރިއަރުވާ އާލާ ކުރުމަށެވެ.
އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހަކީ ގައުމީ ދަނޑުވެރިންގެ ދުވަސްގެ ގޮތުގައި ފާހަގަ ކުރާއިރު ދުނިޔޭގެ ކާބޯތަކެތޯގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އެމަހުގެ 16 ވަނަ ދުވަހެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމީ ދަނޑުވެރިންނާއި އެމީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށް ދިނުމަށްޓަކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް