މި ދެތިން ދުވަހަކު ރާއްޖެ ސަރަހައްދުގައި ވައި، ވަރަށްވެސް މިވަނީ ގަދަވެފައެވެ. މެޓް އޮފީހުން އެ އަންނަނީ ފުލުފުލުގައި "ސަމާލު" ނެރެމުންނެވެ.
މިވަގުތުވެސް މުޅި ރާއްޖެއަށް މިވަނީ ރީނދޫ ސަމާލު ނެފައެވެ. ރީނދޫ ސަމާލު ނެރެފައިމިވަނީވެސް މުޅި ރާއްޖެއަށް ވައި، ވަރަށް ގަދަވާނެ ކަމަށް ލަފާކޮށެވެ.
ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފައިވާގޮތުގައި އަރަބި ކަނޑުގައި އަދި ބަންގާޅު ކަނޑުގައި މިވަނީ ލޯ ޕްރެޝަރުގެ ދެ ޕްރެޝަރު އުފެދިފައެވެ. މި ލޯ ދެ ޕްރެޝަރު އުފެދިފައިމިވަނީ އިންޑިއާގެ ދެ ބިތުގައެވެ.
ބޮޑަށް ބާރުގަދަ ކަމުގައި ބެލެވެނީ ރާއްޖެވެސް އަރަބި ކަނޑާއި ލަކްޝަދްވީޕް ސަރަހައްދު ގުޅިފައިވާ ސަރަހައްދުގައި އުފެދިފައިމިވާ ލޯ ޕްރެޝަރެވެ. ރާއްޖެއާ ބޮޑަށް ގާތުގައި އޮތީވެސް މި ލޯ ޕްރެޝަރެވެ.
މި ލޯ ޕްރެޝަރު އަދި ބަންގާޅު ކަނޑުގައި އުފެދިފައިވާ ލޯ ޕްރެޝަރުވެސް އިތުރަށް ވަރުގަދަވެ ތޫފާނަކަށް ބަދަލުވެދާނެ ކަމަށް އަދި ލަފާކޮށްފައެއް ނުވެއެވެ.
އެެހެން ނަމަވެސް މޫސުމާއިބެހޭ ހަބަރުތައް ގެނެސްދޭ ނޫސް އިދާރާތަކުން އެކި މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކުރާ ގޮތުގައި ލޯ ޕްރެޝަރު ބާރު ގަދަވުން ކުޑަކޮށް ލަސްވި ނަމަވެސް ތޫފާނެއް އުފެދުމުގެ ފުރުސަތު ބޮޑެވެ.
އިންޑިއާގެ ދެ ބިތުގައި ދެ ލޯ ޕްރެޝަރު އޮތް އިރު މީގެން ކޮންމެ ލޯ ޕްރެޝަރެއް ތޫފާނަކަށް ބަދަލުވިނަމަވެސް ފުރަތަމަ އުފެދޭ ތޫފާނެއްގެ ނަމަކަށް ކިޔާނީ "ތޫފާން ޖަވާދު" އެވެ.
އެހެން ބައެއް މަސްދަރުތައް ބުނާގޮތުގައި ތޫފާން ޖަވާދު އުފެދުން ލަސް މިވަނީ ފިލިޕިންސާއި ވިއެޓްނާމް ސަރަހައްދުގައި އުފެދިފައިވާ ތޫފާން "ކޮމްޕަސު" ގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް