މިއަދަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު ދެ މަފިރިންކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ކައިވެނީގެ އަހަރީ ދުވަހެވެ.
މި ދެ ތަރިން ކައިވެނި ކުރީ16 އޮކްޓޯބަރު2012 ގައި އެވެ. ކައިވެންޏަށް މިހާރު ދެ ފިރިހެން ދަރިން ލިބިފަ އެބަތިއްބެވެ.
މިއަދު ފާހަގަ ކުރަމުންދާ ކައިވެނީގެ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔައި ކަރީނާ އިންސްޓަގްރާމް ކޮށްފައިވާ ޕޯސްޓާއިއެކު ލާފައިވާ ފޮޓޯގައި ދެމީހުން ތިބީ ސޫޕްތައްޓެއް ކައިރީ ބަހައްޓައިގެންނެވެ.
ކަރީނާ ބުނީ އެއީ ގްރީސްގައި ނަގާފަވާ ފޮޓޯއެއް ކަމަށާއި ފޮޓޯއިން ފެންނަނީ ސޫޕް ތަށްޓަކާއި އެ ދެމީހުންނާއި ދެމީހުންގެ ލޯބި ކަމަށެވެ. އެލޯބި މުޅި ދިރިއުޅުން ބަދަލުކޮށްލައިފި ކަަމަށް ކަރީނާ ބުނެފައިވެ އެވެ.
އަދި ބުނެފައިވަނީ ކައިވެނީގެ އަހަރީ ދުވަހުގެ ތަހުނިޔާ ދުނިޔޭގެ އެންމެ ހޭންޑްސަމް މޭންއަށްކިޔާ ކަމަށެވެ.
https://www.instagram.com/p/CVE_4wyoArH/
ކަރީނާ އާއި ސައިފްއަށް ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން ލިބުނީ 2015 ވަނަ އަހަރު އެވެ. ދެވަނަ ދަރިފުޅު ޖެހަންގިރް އަލީ ހާން (ޖޭ) ލިބުނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.
މިއީ ކަރީނާގެ ފުރަތަމަ ކައިވެންޏަށް ވިޔަސް ސައިފްގެ ދެ ވަނަ ކައިވެންޏެވެ. ސައިފް އަމްރީތާ ސިންގް އާއި ކުރި ކައިވެންޏަށް ލިބިފައިވަނީ އިބްރާހިމް އަލީ ހާން އާއި ސާރާ އަލީ ހާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް