ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ" އަށް ޔޫޓިއުބުން 155 މިލިއަނަށް ވުރެ ގިނަ ވިއުސް!

ސްރީލަންކާގެ މަގުބޫލު ލަވަކިޔުންތެރިޔާ ޔޯހާނީގެ "މަނިކޭ މަގޭ ހިތޭ" އަށް ޔޫޓިއުބުން 155 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިއްޖެއެވެ. މި ހާތަނަށް ޔޯހާނީގެ ޔޫޓިއުބް ޗެނަލްގައި ވާ މި ލަވައިގެ ވީޑިއޯ އަށް ޖުމ...

16 Oct 2021 | 09:00

ސްރީލަންކާގެ މަގުބޫލު ލަވަކިޔުންތެރިޔާ ޔޯހާނީގެ "މަނިކޭ މަގޭ ހިތޭ" އަށް ޔޫޓިއުބުން 155 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.

މި ހާތަނަށް ޔޯހާނީގެ ޔޫޓިއުބް ޗެނަލްގައި ވާ މި ލަވައިގެ ވީޑިއޯ އަށް ޖުމުލަ 155961161 (ސަތޭތަ ފަންސާސަ ފަސް މިލިއަން ނުވަ ސަތޭކަ ފަސްދޮޅަށް އެއް ހާސް އެއް ސަތޭކަ ފަސްދޮޅަސް އެއް) ވިއުސް ލިބިފައި ވެއެވެ.

މި ލައަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލަވައެއްކަން ފާހަގުކުރެވެއެވެ.

ސްރީ ލަންކާގެ ސެންސޭޝަން ޔޮހާނީ އަކީ މިހާރު ބޮޑު އާބާދީއެއް އޮންނަ އަވަށްޓެރި އިންޑިޔާގައި ވެސް ވަރަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާގެ "މަނިކޭ މަގޭ ހިތޭ" އިންޑިޔާ މީހުންނަށް މާ ކަމުދާ ލަވައަކަށް ވެގެންނެވެ.

އިންޑިއާގެ އެކި ބަސް ތަކުން މި ލަވަ ކިޔައި ނެރެމުންދާއިރު ޔޮހާނީ މިހާރު ހުރީ އިންޑިޔާގަ އެވެ. މި ލަވައިގެ ސަބަބުން ލިބުނު މަގްބޫލު ކަމާއެކު އިންޑިޔާއިން ލަވަ ކިއުމުގެ ގިނަ ފުރުސަތުތަކެއް ޔޮހާނީ އަށް ލިބިފައިވާތީ އެވެ.

https://www.youtube.com/watch?v=Q0lfJ1SnBSA

ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15" އިގެ ފުރަތަމަ ހަފުތާ ބަންދު އެޕިސޯޑުގައި މެހެމާނެއްގެ ގޮތުގައި ވެސް ޔޮހާނީ ބައިވެރިވެ މި ލަވަ ކިޔައިދީފައި ވެއެވެ. އަދި ފަހުން ސަލްމާން ވެސް މި ލަވަ ކިޔުމުގައި ޔޮހާނީ އާ ވަނީ ބައިވެރިވެފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޔޮހާނީ ބުނީ "މަނިކޭ މަގޭ ހިތޭ" ލަވަ ރެކޯޑް ކުރިއިރު މިހާބޮޑު މަޝްހޫރުކަމެއް މި ލަވައަށް ލިބިދާނެކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ނަމަވެސް އިންޑިޔާގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ހެން މި ލަވަ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާތީ ޔޯހާނީ ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް