ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ވޯޓުލުން ކުރިއަށް އެބަދޭ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން ހޮވުމަށް މިއަދު ތިން ރަށެއްގައި ވޯޓުލުން ކުރިޔަށް އެބަ ގެންދެ އެވެ އީސީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި ވޯޓުލުން ކުރިޔަށްދަނީ ހދ. ނޭކުރެ...

16 Oct 2021 | 08:57

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން ހޮވުމަށް މިއަދު ތިން ރަށެއްގައި ވޯޓުލުން ކުރިޔަށް އެބަ ގެންދެ އެވެ

އީސީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި ވޯޓުލުން ކުރިޔަށްދަނީ ހދ. ނޭކުރެންދޫ ހިމެނޭނެހެން ރ. މަޑުއްވަރީ އަދި ނ. ކެނދިކުޅުދޫ އެވެ.

މިރަށްތަކުގައި ވޯޓުލުން ކުރިއަށް ދާނީ  މިއަދު ހެނދުނު 08:00 ހަވީރު 03:00 އަށެވެ. އީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ކުރިއަށްދާ މި އިންތިޙާބުގައި 4125 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

މި ރަށްތަކަކީ މިހާތަނަށްވެސް ފަސްމެމްބަރުން ހަމަ ކުރެވިފައި ނުވާ ރަށްތަކެވެ. އީސީން ވަނީ މީގެ ކުރިންވެސް ދެ ތިން ފަހަރަކު މި ރަށްތަކުގެ އަންހެނުންގެ ކޮމިޓީއަށް މެމްބަރުން އިންތިހާބު ކުރުމަށް ފުރުސަތު ހުޅުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް