ހއ. އުތީމުގެ ކަރަންޓްގެ ޚިދުމަތޔް އާ އިންޖީނުގެ އަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފްތާއަށް ނިންމާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އުތީމުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ފެނަކައިން ފެށީ، 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ. މިއީ ރީތި ފަރުމާއަކަށް ތަރައްޤީކުރާ ޒަމާނީ އިންޖީނުގެއެކެވެ. މި މަޝްރޫޢުގެ ދަށުން އިންޖީނުގެއާއި، އޮފީސް އިމާރާތާއި، ޑީސަލް ރައްކާކުރާ ޓޭންކާއި ޗިމްނީ ހެދުން ހިމެނެއެވެ.
ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ މި އިމާރާތުގެ ހުރިހާ މަސައްކަތްތައް މިހާރު މުޅިން ނިމިފަވާކަމަށެވެ. އަދި މިވަގުތު ކުރަމުންދަނީ ކަރަންޓު ވިއުގަ ޒަމަނީ ފެންވަރަށް އަޕްގްރޭޑްކުރުމުގެ މަސައްކަތްކަމަށެވެ.
އޭނާ ވިދާޅުވީ އުތީމު އިންޖީނުގޭގެ ޚިދުމަތް އައު އިންޖީނުގެއަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފްތާއަށް ނިންމާނެކަމަށެވެ. އަދި ވަރަށް އަވަހަށް އާ އިންޖީނުގެއިން ރަށަށް ކަރަންޓުގެ ޚިދުމަތް ފަށާނެކަމަށެވެ.
އުތީމުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރަމުން އަންނަކީ 100ކިލޯވޯޓާއި، 200ކިލޯވޮޓް އަދި 160ކިލޯވޮޓްގެ އިންޖީނާއިއެކު ޖުމްލަ 460ކިލޯވޮޓްގެ ކަރަންޓު ކެޕޭސިޓީއެވެ. އަދި އެ ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި 150ކިލޯވޮޓްގެ ކަރަންޓު އަންނަނީ ބޭނުންކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް