ރާއްޖޭގައި 17 ބާވަތެއްގެ ތަރުކާރީ އާއި މޭވާ ހައްދާ މިންވަރު އިތުރު ކުރަނީ

ރާއްޖޭގައި 17 ބާވަތެއްގެ ތަރުކާރީ އާއި މޭވާ ހައްދާ މިންވަރު އިތުރު ކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ދަނޑުވެ...

16 Oct 2021 | 07:25

ރާއްޖޭގައި 17 ބާވަތެއްގެ ތަރުކާރީ އާއި މޭވާ ހައްދާ މިންވަރު އިތުރު ކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެތަކެތި ރާއްޖެއަށް އެތެރެކުރާ މިންވަރު މަދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ހެއްދިދާނެ ކަމަށް މިނސްޓްރީން ކަނޑައަޅާފައިވާ މޭވާ އާއި ތަރުކާރީގެ އިމްޕޯޓް ބޮޑު ކުރަންނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކުގައި މޭވާ އާއި ތަރުކާރީގެ ޑިމާންޑް އެބައޮތް ކަމަށާއި ރާއްޖޭގައި މިހާރަށް ވުރެ ފުޅާ ކޮށް ދަނޑުވެރިކަން ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މި ބާވަތްތައް ރާއްޖޭގައި ހައްދައިގެން ސަޕްލައި ކުރެވިއްޖެނަމަ ރާއްޖޭގެ އާމްދަނީގެ ޖީޑީޕީގެ ބަޮޑުބައެއް ދަނޑުވެރިކަމުގައި ހިއްސާ ކުރެވޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް