އެއްވެސް ސަރަހައްދަކުން ކަރަންޓް ނުކެނޑި، ސްޓެލްކޯގެ ޓެސްޓްތައް ފުރިހަމަކޮށްފި

އެއްވެސް ސަރަހައްދަކުން ކަރަންޓް ނުކެނޑި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ޓެސްޓްތަކެއް ފުރިހަމަކޮށްފި އެވެ. މިއަދު ހެނދުނު ހެދި މި ޓެސްޓްތަކަކީ އެ ކުންފުނީގެ ސިސްޓަމްތަށް އަދާހަމަ ކުރުމަށް...

16 Oct 2021 | 05:33

އެއްވެސް ސަރަހައްދަކުން ކަރަންޓް ނުކެނޑި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ޓެސްޓްތަކެއް ފުރިހަމަކޮށްފި އެވެ.

މިއަދު ހެނދުނު ހެދި މި ޓެސްޓްތަކަކީ އެ ކުންފުނީގެ ސިސްޓަމްތަށް އަދާހަމަ ކުރުމަށް ކޮންމެހެން ހަދަންޖެހިގެން ހެދި ޓެސްޓްތަކެކެވެ. ޓެސްޓްތައް ހަދާ ވަގުތުތަކުގައި ކަރަންޓް ކެނޑުމަކީ އެކަށިގެންވާ ކަމެއް ކަމަށް އެ ކުންފުނިން އިއްޔެ ހާމަކުރި ނަމަވެސް، މިއަދު ޓެސްޓްތައް ފުރިހަމަކުރި އިރު އެ ފަދަ މައްސަލައެއް ދިމާ ނުވެއެވެ.

ސްޓެލްކޯއިން އިއްޔެ ބުނެފައި ވަނީ، އެކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހަދަން ހަމަޖެހިފައިވާތީ ހެނދުނު 7:00 އާއި 8:00 ދެމެދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ. އަދި އެ ޓެސްޓުތަކަކީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެއް ކަމަށްވެސް ބުންޏެވެ.

https://twitter.com/STELCOMALDIVES/status/1449225696341999625

މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯ އިން ޝުކުރު އަދާކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް