11 އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބޮޑުބޭބެ ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބޮޑު ބޭބެ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ނ. ރ. ބ އަދި ޅ. އަތޮޅު ހިމެނޭ ނޯތް ޕޮލިސް ޑިވިޝަންގެ ރަށަކުން ހުށަހެޅީ 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯ...

16 Oct 2021 | 02:51

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބޮޑު ބޭބެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނ. ރ. ބ އަދި ޅ. އަތޮޅު ހިމެނޭ ނޯތް ޕޮލިސް ޑިވިޝަންގެ ރަށަކުން ހުށަހެޅީ 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމަށެވެ. އެ މައްސަލަ ހުށަހެޅީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ ކުއްޖާގެ ބޮޑުބޭބެ ކަމެއް ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެކަމަކު މިމައްސަލައިގަ ފުލުހުން ތުހުމަތު ކުރަނީ އަދި ފުލުހުން އެ މައްސަަ ތަހުގީގު ކުރަމުންދަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އެކެވެ.

ފުލުހުން ބުނީ މި މައްސަލަ އަދިވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި އެ ކުއްޖާގެ މައުލޫމާތާއި ރަށް ހާމަ ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް