ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ އަލުން ދީފި

މާލޭގައި މިފަހުން ހިނގާދިޔަ އަލިފާނުގެ ނުރައްކާތެރި ހާދިސާތަކަށްފަހު، ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ހުއްދަ އަލުން ދޭން ފަށައިފި އެވެ. ޑިފެ...

16 Oct 2019 | 13:06

މާލޭގައި މިފަހުން ހިނގާދިޔަ އަލިފާނުގެ ނުރައްކާތެރި ހާދިސާތަކަށްފަހު، ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ހުއްދަ އަލުން ދޭން ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަން ކުރުމުގެ ގަވާއިދެއް މިހާރު އެކުލަވާލައި އާންމު ކޮށްފައި އޮތުމުން ރައްކާތެރި ކަމާއެކު އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމު ހަމަޖައްސައިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަން ކުރާނަމަ، ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަަށެވެ.

މިދިޔަ މަހުގެ 20ވަނަ ދުވަހާއި 30ވަނަ ދުވަހު މާލޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ދެ ހާދިސާ ހިނގާފައެވެ. މިދިޔަ މަހުގެ 20ވަނަ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ ކެމިކަލް ގުދަނެއްގައި ރޯވެގެން ހިނގާދިޔަ އަލިފާނުގެ ހާދިސާއެކެވެ. އެ ހާދިސާގައި ދެ ގުދަނުގައި ރޯވިއިރު އެތައް ގެއަކަށް އަލިފާންގަނޑު ފެތުރިގެން ދިޔައެވެ. އަދި އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެގެން ދިޔައެވެ. މިދިޔަ މަހުގެ 30ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގީ ޓީޖެޓީ ސަރަހައްދުގައެވެ. އެ ހާދިސާގައި ވެސް އެތައް ބަޔަކަށް އަނިޔާވިއެވެ. އަދި އޭގެތެރެއިން އެކަކު ސީރިއަސްވެ މިހާރު ވަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް