ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމެޓީއަށް މިކަން ހުށަހެޅީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ ޕީޖީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ ތެރޭގަ އެވެ. ޕީޖީގެ ގާނޫނަށް އިސްލާހުތަކެއް ގެންނަ ބިލަކީ ޕީޖީގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް ބަދަލުތައް ގެންނަ ބިލެކެވެ. ސިރާޖުގެ އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމެޓީގައި ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވިއެވެ. ކޮމެޓީއިން ޕީޖީ ވަކި ކުރުމުގެ އިޖުރާއަތް ފެށުމަށް
ގަވައިދު އޮތް ގޮތުން މަޖިލީހުގެ ރައީސް، ކޮމެޓީގެ އެ ނިންމުން މަޖިލިސް ތަޅުމަށް ހިއްސާކޮށް އަނެއްކާވެސް އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަލް ކޮމެޓީއަށް ފޮނުވަން ޖެހޭނެ އެވެ. ކޮމެޓީއިން އެކަމަށް ދިރާސާކޮށް، ރިޕޯޓް ތަޅުމަށް ފޮނުވުމުން ބަހުސްކޮށް، ޕީޖީ ވަކި ކުރުމާމެދު ވޯޓު ނަގާނެ އެވެ.
އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ. ނަމަވެސް ސުޕަ މެޖޯރިޓީ ލިބުމުން ވެސް ޕީޖީ ބިޝާމް ވަކިކޮށްފައެއް ނުވެ އެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރީ މަޖިލީހަށް ހުށަހެޅިޔަސް އެ މައްސަލަ އަނބުރާ ގެންދިޔަ އެވެ. ޕީޖީގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް މީގެކުރިން ސިރާޖު ހުށަހެޅި އެވެ. އެކަމަކު މައްސަލަ ކުރިއަށް ނުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް